ޕާކިސްތާނުން ދަނީ މިސައިލް އުފައްދަމުން
ޕާކިސްތާނުގެ ދުރު-ރާސްތާ މިސައިލް ޕްރޮގްރާމާ ގުޅުވައި އެމެރިކާއިން އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފިއެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މެތިޔު މިލަރ ވިދާޅުވީ، ޕާކިސްތާނުގެ ދައުލަތުގެ ދިފާޢީ އިދާރާ، ނޭޝަނަލް ޑިވެލޮޕްމެންޓް ކޮމްޕްލެކްސް (އެންޑީސީ) އާއި އިތުރު އަމިއްލަ ތިން ކުންފުންޏަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
މި ނިންމުމާ ގުޅިގެން، އެ ފަރާތްތަކުގެ މުދަލާއި ފައިސާ ހިފެހެއްޓުމަށާއި، އެމެރިކާގެ ރައްޔިތުންނާއި ކުންފުނިތަކުން އެ ފަރާތްތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރުން މަނާކޮށްފައިވެއެވެ.
ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ވަނީ މި ނިންމުމާމެދު ހިތްހަމަނުޖެހުން ފާޅުކޮށް، މިއީ ސަރަޙައްދީ ހަމަޖެހުމާއި ސުލްޙައަށް ނުރައްކާވާނެ ކަމެއް ކަމަށް ބުނެފައެވެ.
އެމެރިކާއިން ބުނެފައިވަނީ ޕާކިސްތާނުން ހިންގަމުންދާ ދުރު-ރާސްތާ މިސައިލް ޕްރޮގްރާމު އިތުރަށް ފުޅާކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި 'ޝާހީން' މަރުކާގެ ބެލިސްޓިކް މިސައިލަކީ ނިއުކްލިއަރ ބޮން އުފުލުމުގެ ޤާބިލުކަން ލިބިފައިވާ ހަތިޔާރެއް ކަމަށް ބެލެވޭ ކަމަށެވެ.
މި ފިޔަވަޅުތަކަކީ ރައީސް ޖޯ ބައިޑަންގެ އެންގެވުމުގެ ދަށުން، ފަނާކުރަނިވި ހަތިޔާރު އުފެއްދުން ހުއްޓުވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެޅުނު ފިޔަވަޅުތަކެކެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް