ބިންވެރިޔާއާއި ގެދޮރުވެރިޔާ ސްކީމާ ގުޅޭ އަވަސް ތަޙުޤީޤެއް ފަށައިފި

ތަޙްގީގު ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން އޭސީސީން ޕޮލިހުންނާއި ބައްދަލުކުރުން / ފޮޓޯ: ޕޮލިސް

ކުރީގެ ސަރުކާރުން ގޯތި ދޫކުރުމަށް ހިންގި "ބިންވެރިޔާ" ސްކީމާއި ފްލެޓް ދޫކުރުމަށް ހިންގި "ގެދޮރުވެރިޔާ" ސްކީމާ ގުޅޭ އަވަސް ތަޙުޤީޤެއް ފަށައިފިކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ހާމަކޮށްފިއެވެ.

މި ތަޙުޤީޤު ފެށުމަށް ނިންމާފައިވަނީ، ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ދެ މީހަކު ގޯތި ލިބުނު ކަމަށް ބުނެ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ހުށަހެޅި ޞައްޙަ ނޫން ލިޔެކިޔުންތަކެއް އާންމުވެ، އެޗްޑީސީގެ އެމްޑީއަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ފެންމަތިވުމާ ގުޅިގެންނެވެ.

މި މައްސަލައާ ގުޅޭގޮތުން، ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް ވަނީ ފުލުހުންނާއި އޭސީސީއަށް ތަޙުޤީޤު ހިންގުމަށް އަމުރުކުރައްވާފައެވެ. މި އަމުރުގައި، ފޯމު ބަލައިގަތުމާއި ފްލެޓާއި ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމާއި ގޯއްޗާއި ފްލެޓް ދޫކުރުމުގައި ޢަމަލުކޮށްފައިވާ ގޮތުގެ ތަޙުޤީޤެއް ހިންގުމަށް އަންގާފައިވެއެވެ.

އަދި މި މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭނަމަ، އެކަން ތަޙުޤީޤުކުރުމަށްފަހު ދަޢުވާ ކުރުމަށް ޕީޖީ އޮފީހަށް ހުށަހެޅުމަށްވެސް އަންގާފައިވެއެވެ. މީގެ އިތުރުން، ތަޙުޤީޤު ހިނގަމުންދާ ގޮތް ކޮންމެ ހަފުތާއަކު އެއްފަހަރު ޕީޖީއަށް ހިއްސާކުރަމުން ގެންދިއުމަށާއި އަވަސް ތަޙުޤީޤެއް ހިންގުމަށްވެސް އަމުރުކުރައްވާފައިވެއެވެ.

މި އަމުރާ ގުޅިގެން އޭސީސީން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ކޮމިޝަނުން މިހާރު ދަނީ ދިވެހި ފުލުހުންގެ ޚިދުމަތާއެކު މަޝްވަރާކޮށް، އަވަސް ތަޙުޤީޤެއް ކުރަމުންކަމަށެވެ. އަދި މި ތަޙުޤީޤާ ގުޅިގެން މިއަދު ފުލުހުންނާއި އޭސީސީގެ އިސް ބޭފުޅުން ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.

 

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

55 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy