ރައީސަށް އެނގިގެން ރައްޔިތުންގެ ހައްގަކަށް އުނިކަމެއް ލިބޭނެ ކަމެއް ހިނގިޔަނުދޭނެ: އާދަމް ޝަރީފް

ލޯކަލްގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު

ރައްޔިތުންގެ ހައްގަކަށް އުނިކަމެއް ލިބޭނެ އެއްވެސް ކަމެއް ރައީސް ޑރ. މުޙައްމަދު މުއިއްޒަށް އެނގިވަޑައިިގެން ހިނގިޔަނުދެއްވާނެ ކަމަށް ލޯކަލްގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި މިވަނީ "ބިންވެރިޔާ" ސްކީމުގެ ބޭރުން ގޯތި ދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، އެޗްޑީސީގެ ޗެއާމަން އަހުމަދު ނާސިފު ފިޔަވައި އެ ކުންފުނީގެ ހުރިހާ ބޯޑު މެންބަރުން ސަސްޕެންޑް ކޮށްފައިވަނިކޮށެވެ.

އާދަމް ޝަރީފް ޓްވިޓާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮރަޕްޝަނަށް އެއްވެސް ފުރުސަތެއް މި ސަރުކާރުން ނުދޭނެ ކަން ރައީސްގެ ނިންމެވުންތަކުން ވަރަށް ރަނގަޅަށް ސާފުވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެއިން ކޮރަޕްޝަން މަދު ކުރެވޭނީ އެފަދަ ކަމަކަށް މަގުފަހިވެދާނެ ކޮންމެ ކަމަކަށް މުއައްސަސާ ތަކުންނާއި އާންމު ރައްޔިތުން ވެސް ނޫނެކޭ ބުނެގެން ކަމަށާއި އެ ހިތްވަރު އެންމެންގެ ހުންނަންވާނެ ކަމަށެވެ.

"ރައްޔިތުންގެ ހައްގަކަށް އުނިކަމެއް ލިބޭނެ އެއްވެސް ކަމެއް ރައީސް މުއިއްޒަށް އެނގިވަޑައިިގެން ހިނގިޔަނުދެއްވާނެ. އެ ޔަގީން އެބައޮތް،" މިނިސްޓަރުގެ ޓްވީޓުގައިވެ އެވެ.

ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެފައިވަނީ އެޗްޑީސީ ބޯޑު މެންބަރުންގެ މަސައްކަތުން އެކަހެރި ކުރީ ފުލުހުން އެ ކުންފުނީގައި ކުރިއަށްގެންދާ ޖިނާއީ ތަހުގީގު މިނިވަންކަމާ އެކު ބާރަށް ކުރިއަށް ގެންދިއުމަށް ޖާގަ ދިނުމަށް ކަމަށެވެ.

ހީނާ ވަނީ މިކަމާގުޅިގެން ގޯތި ލިބިފައިވާ އެއްވެސް ފަރާތެއްގެ އެއްވެސް ހައްގަކަށް އުނިކަމެއް ލިބިފައިނުވާ ކަން އަދި ނުވެސް ލިބޭނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފަ އެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

19 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy