އުއްތަމަ ފަނޑިޔާރުގެ ސިއްހީ ހާލު ގޯސްވެގެން އެޑްމިޓްކޮށް ފަރުވާ ދެނީ

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން -

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ސިއްޙީ ހާލަތު ކުއްލިއަކަށް ގޯސްވުމާ ގުޅިގެން ރޭގެ ވަގުތެއްގައި ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކުރެވިއްޖެއެވެ.

އުއްތަމަ ފަނޑިޔާރު ޗުއްޓީގައި ބ. ފުޅަދޫގައި ހުންނެވިނިކޮށް، އެމަޖެންސީ ހާލަތެއްގައި މާލެ ގެނެވުނު ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އުއްތަމަ ފަނޑިޔާރަށް ފަރުވާ ދެމުންދަނީ އެ މަނިކުފާނުގެ މައިބަދައަށް އެރި ތަދަކާ ގުޅިގެންނެވެ. ނަމަވެސް، އެ މަނިކުފާނުގެ ހާލަތު މި ވަގުތު އެހާ ސީރިއަސް ނޫން ކަމަށް މަޢުލޫމާތު އެނގޭ ބައެއް ފަރާތްތަކުން ވިދާޅުވެފައިވެއެވެ.

މި މައްސަލައާ ގުޅޭގޮތުން ސުޕްރީމް ކޯޓުން އަދި ރަސްމީކޮށް އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ. އެހެންނަމަވެސް، މި ހާދިސާ ހިނގާފައިވަނީ އުއްތަމަ ފަނޑިޔާރު ސިއްޙީ ސަބަބުތަކަށްޓަކައި ރިޓަޔަރވާން އުޅުއްވާ ކަމަށް އަޑުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައި ކަން ފާހަގަކުރެވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy