ޣައްޒާގެ އައްސޭރިފަށުގައި އެމެރިކާއިން އަޅާފައިވާ ވަގުތީ ފާލަން މަތިން ޓްރަކްތަކުން އިންސާނީ އެހީ ޣައްޒާއަށް ފޯރުކޮށްދެނީ - ވަން ފޮޓޯ: ރޮއިޓާސް
އިސްރާއީލުން ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުން އަންނަ ގަތުލުއާންމުގެ ތެރެއިން މިހާރު ރަފަހް ސަރަހައްދަށް ދެމުން އަންނަ ހަމަލަތައް ވަގުތުން ހުއްޓައިލަން އދ.ގެ އެންމެ މަތީ ކޯޓުކަމަށްވާ އިންޓަނޭޝޭނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން ހުކުރު ދުވަހު އަމުރުކޮށްފައިވަނިކޮށް، އެ އަމުރަށް ބޯލެނބުމެއް ނެތި ހޮނިހިރު ދުވަހު ޣައްޒާއަށާއި ރަފާހަށް އިސްރާއީލުން ބޮން އަޅައިފިއެވެ.
ރަފާހްގެ ހާލަތު އައިސީޖޭ އިން ކަނޑައަޅާފައި ވަނީ އިންތިހާ ގޯސްވެފައިވާ ކަމަށެވެ. އަދި ރަފާހްގެ އޮޕަރޭޝަން ކުރިއަށް ގެންދާނަމަ އެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް އދ.ގެ އޮފިޝަލުން ފާހަގަ ކުރައްވާފައިވާމަށް އައިސީޖީގެ ރައީސް ނަވާފް ސަލާމް ވަނީ ވިދާޅުވެފައެވެ.
ޣައްޒާގެ 2.3 މިލިއަން އާބާދީގެ 85 އިންސައްތަ މީހުން، ޣައްޒާގައި އިސްރާއީލުން އުދުވާން ހިންގަން ފެށުމާ ގުޅިގެން އަމާން އައްސޭރިއަކަށް ޚިޔާރު ކުރީ ރަފާހެވެ. މި މަހުގެ 6 ވަނަ ދުވަހު އިސްރާއީލުން ރަފާހް އޮޕަރޭޝަން ފެށި ފަހުން ރަފާހު ދޫކޮށް ނުވަ ލައްކައެއްހާ މީހުން ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފަ އެވެ.
ފަލަސްތީނަށް ބޭނުންވާ ކާބޯތަކެތި ފޯރުކޮށްދިނުމަށް ބޭނުން ކުރަމުން އައި ދޮރުތައް ވަނީ އިސްރާއީލުން ބަންދުކޮށްފައެވެ. އެއީ ރަފާހް އާއި ކެރެމް ޝަލޯމް ކައިރީގައި ޣައްޒާއަށް ވަދެވެން އޮންނަ މައި ދޮރާށިތަކެވެ. އެހެންކަމުން، ފަލަސްޠީނުގެ އާއްމު ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި، އެހެނިހެން ސާމާނާއި ތެޔޮ ފޯރުކޮށްދިނުން ވަނީ ހުއްޓިފައެވެ.
މިސްރުގެ ރައީސް އަބްދުލް ފަތަހު އަލް ސީސީ ހުކުރު ދުވަހުގެ ރޭ އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ފޯނުން ގުޅުއްވައި ވިދާޅުވީ އދ.ގެ އެހީގެ ޓްރަކްތަކަށް، ކެރެމް ޝަލޮމަށް ދަތުރުކުރުމުގެ ހުއްދަ ދޭން އަލުން ފަށާނެ ކަމަށެވެ. ނަމަވެސް ރަފާ އަދިވެސް ބަންދުކޮށް ހަނގުރާމަ ހޫނުވެފައި ވަނިކޮށް އެހީ ފޯރުކޮށްދޭ ފަރާތްތަކަށް، އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު އޮންނާނެ ކަމެއް އަދި ނޭނގެއެވެ. ޣައްޒާގެ ގޮނޑުދޮށުގައި، އެމެރިކާގެ ހިލޭ އެހީގެ ދަށުން ހަދާފައިވާ ފެންމަތީ ފާލަން މެދުވެރިކޮށް ފޮރުކޮށް ދެމުންދިޔަ އެހީ ވެސް ވަނީ މިދިޔަ ހަފްތާގައި މެދުކަނޑާލާފައެވެ.
މިދިޔަ ހުކުރު ދުވަހު، ގައުމުތަކުގެ މެދުގައި އުފެދިފައިވާ ދެބަސްވުންތައް ޞުއްލަޙަ ކުރުމަށް އުފައްދާފައިވާ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ވަނީ އިޒްރޭލުގެ ރަފާ އޮޕަރޭޝަން ވަގުތުން ހުއްޓާލުމަށް އަމުރުކޮށްފަ އެވެ. ކޯޓުން މިއަމުރު ނެރުނީ އެކޯޓްގެ 15 ފަނޑިޔާރުންގެ ތެރެއިން 13 ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މިއީ ޣައްޒާގައި އިސްރާއީލުގެ ސިފައިން ހިންގާ ލާއިންސާނީ ޢަމަލުތައް ވަގުތުން ހުއްޓާލުމަށް އެންގި ތިން ވަނަ ފަހަރެވެ.
އައިސީޖޭއިން ހަނރގުރާމަ ހުއްޓާލުމަށް ނިންމި އިރުވެސް، އިސްރާއީލުގެ ސިފައިން ރަފާގެ ދެކުނު އަދި އިރުމަތީ ފަރާތަށް ، މީހުން ތޮއްޖެހިފައިވާ މަރުކަޒުތަކާ ދިމާއަށް ގާތްވަމުން ދިޔަކަމަށް، އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވަމުންދާ ރައްޔިތުންނާއި ޑޮކްޓަރުން ބުނެ އެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ދިން ބަޑީގެ ހަމަލާތަކުގައި ފަލަސްތީނުގެ އިތުރު 30 މީހަކު ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ޞިއްޙީ އެހީތެރިން ބުނެއެވެ.
ހަމާސްގެ ހަނގުރާމަވެރި މުޖާހިދުން ޖަމާވެފައިވާ ޖަބާލިއާ އާއި ޒީތޫން ފަދަ އުތުރާއި މެދުތެރޭގެ ސަރަހައްދުތަކުގައި ވެސް ހަނގުރާމަތައް ދަނީ ހިންގަމުންނެވެ.
ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި
ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި
ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް
މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް
މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި
ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް
ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު
ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ
ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި
ޒަރީރު އޮޅުންފިލުވައިދިނީ ތާރީޙު: ބަލްފޯ ޑިކްލަރޭޝަނަކީ މައްސަލައިގެ ފެށުން!
ޒަކާތުގެ ޝަރުއީ މަގުސަދު ހާސިލު ކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރީން، މުދަލު ޒަކާތް އަދާކޮށްގެން: ހުތުބާ
ކޮމެންޓް