ވަނުއަޓޫއަށް އައި ބިންހެލުމުގައި 14 މީހުން މަރުވެ، ލައްކައަކަށް ވުރެ ގިނަމީހުންނަށް އަސަރުކޮށްފި

ބިން ހެލުމުގައި އެ ގައުމަށް ވަނި ބޮޑުގެއްލުމެއް ލިބިފައި

ޕެސިފިކް ކަނޑުގައި އޮންނަ ވަނުއަޓޫއަށް އިއްޔެ އައި 7.3 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުގައި މިހާތަނަށް 14 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުން ބުނެފިއެވެ.

މަރުވި މީހުންގެ ތެރޭގައި ހޮސްޕިޓަލުގައި ތިބި މީހުންނާއި، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މަރުވި މީހުން ހިމެނެއެވެ.

ބިންހެލުމުގެ ސަބަބުން އަސަރު ކުރި މީހުންގެ އަދަދު 116،000 އަށް އަރާނެ ކަމަށް އދ. އިން ލަފާކޮށްފައިވާއިރު، މިހާތަނަށް 200 އަށް ވުރެ ގިނަ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދީފައިވެއެވެ.

ބިންހެލުމުގެ ސަބަބުން ގިނަ އިމާރާތްތަކަށް ގެއްލުން ލިބި، ކަރަންޓާއި މޯބައިލްގެ ޚިދުމަތް ކެނޑުނެވެ. އަދި ވެރިރަށް ޕޯޓް ވިލާއަށް ސަޕްލައިކުރާ ފެނުގެ ބޮޑު ދެ ރިޒާވް މުޅިން ހަލާކުވެފައިވާ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

މީހުން ހޯދުމާއި ރިލީފް އޮޕަރޭޝަންތައް ކުރިއަށްދާއިރު އާންމުން ބޭރަށް ނުކުތުން ކޮންޓްރޯލު ކުރުމަށް ހަތް ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު، އިންސާނީ އެހީތައް ހިފައިގެން އަންނަ ބޯޓުތަކަށް ޚިދުމަތްދެވޭ ވަރަށް އެއާޕޯޓް ތައްޔާރުކުރެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި މިއީ މިފަހަކަށް އައިސް އެ ގައުމަށް އައި އެންމެ ބާރު ގަދަ އެއް ބިންހެލުމެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy