ރައީސުލްޖުމްހޫރިއްޔާގެ އޮފީސް --
ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަން ފަށައިފިއެވެ. މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ސަބްސިޑީއާއި އާސަންދައަށް ކުރާ ހޭދަ ވަނީ ކުޑަވެފައެވެ.
މިއަހަރުގެ މިހާތަނަށް ސަބްސިޑީއަށް ހޭދަކޮށްފައިވަނީ 3.62 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 3.6 އިންސައްތައިގެ މަދުވުމެކެވެ. އަދި އާސަންދައަށް ކުރާ ހޭދަވެސް ވަނީ 0.3 އިންސައްތަ ކުޑަވެފައެވެ.
މި ޚަރަދުތައް ކުޑަވުމުގެ މައިގަނޑު ސަބަބަކީ ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށާއި އާސަންދައިގެ ތެރެއިން ކުރެވޭ އިސްރާފު ކުޑަކުރުމަށް އެޅުއްވި ފިޔަވަޅުތަކެވެ.
ސަރުކާރުން ވަނީ ކުރިއަށް އޮތްތަނުގައި ސަބްސިޑީ ނިޒާމަށް އިތުރު ބަދަލުތަކެއް ގެނައުމަށް ނިންމާފައެވެ. އެގޮތުން އާންމުކޮށް އެންމެނަށް ދެވޭ ސަބްސިޑީ އުވާލައި، އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ސީދާ ސަބްސިޑީ ދެވޭނެ ނިޒާމަކަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.
މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެފައިވަނީ މި ބަދަލުތައް މަރުހަލާތަކަކަށް ބަހާލައިގެން ތަންފީޒުކުރާނެ ކަމަށާއި، ރައްޔިތުންނަށް ބުރައެއް އުފުލަން ނުޖެހޭނެ ގޮތަށް މިކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް