"ބިބީ"ގެ ވަދާއީ ދެ ޝޯ މި މަހުގެ 19، 20 މި ދެ ދުވަހުގެ ރޭ އޮލިމްޕަހުގައި ދައްކަނީ --
ރާއްޖޭގެ އެންމެ ކާމިޔާބު ފިލްމު އުފައްދާ ކުންފުނި "ޑާކްރެއިން އެންޓަޓެއިންމެންޓް"އިން އެންމެ ފަހުން އުފެއްދި ފިލްމު ބިބީގެ ވަދާއީ ދެ ޝޯ އެޅުވުމަށް ތައްޔާރުވެއްޖެ އެވެ.
ބިބީ ޕްރިމިއާ ކޮށްފައި ވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުގެ ރެ އެވެ.
ޑާކް ރެއިން އެންޓަޓެއިންމެންޓްގެ އޯނަރު އަދި މަގުބޫލު ޕްރޮޑިއުސަރު، މުޙައްމަދު އަލީ (މޮގާ) "ދެލި އޮންލައިން"އަށް ބުނީ ކާމިޔާބު އެތައް ހައުސް ފުލް ޝޯތަކެއް ދައްކަމުން ދަނިކޮށް އޮލިމްޕަސް އަތުލީ ކަމަށާއި އެހެންވެ، އެ ހިސާބުން އިތުރަށް ކުރިއަށް ނުގެންދެވިގެން ޝޯވްތައް މެދުކަނޑާލީ ކަމަށެވެ.
"ވަރަށް ރަނގަޅު ޝޯވްތައް ކުރިއަށްދަނިކޮށް އޮފިމްޕަހުގައި ޝޯވްއެއް އޮވެގެން އަޅުގަނޑުމެންނަށް އެކްސްޓެންޑް ކޮށްދެވެން ނެތް ވާހަކަ އެކޮޅުން އެންގީ. އެކަމަކު އެ ކަމެއްވެސް އެތަނުގައި ނުކުރެ. އެހެންއޮވެފައި އަނެއްކާ ވެސް އަޅުގަނޑުމެންނަށް ދެ ދުވަހެއް ލިބުނީމަ ވަދާއީ ޝޯވް މި ބާއްވަނީ،" މޮގާ ބުންޏެވެ.
ކޮމެޑީ އަދި ބިރުވެރި ޖޯންރާ އެއްކޮށްލައިގެން ތައްޔާރު ކޮށްފައިވާ ބިބީއަށް މާލެއިން ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ.
ބިބީގެ ރިވިއުތައް ބެލި ގިނަ މީހުން ބުނާ ގޮތުގައި މިއީ މިހާތަނަށް އޮލިމްޕަހުގައި އެޅުވި އެންމެ ތަފާތު އެއް ކޮމެޑީ ފިލްމެވެ.
ފިލްމުގެ ޕްރޮޑިއުސަރުންގެ ގޮތުގައި ހިމެނެނީ މުޙައްމަދު އަލީ (މޮގާ)އާއި އާއިޝަތު ފުވާދެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ޝަހުދާ މަމްދޫހު އެވެ. މިއީ އޭނާ ޑައިރެކްޓު ކުރާ ފުރަތަމަ ފީޗާ ފިލްމެވެ.
ފިލްމުގެ ލީޑުން ފެނިގެން ދާނީ ޝަރަފް އަބްދުﷲ އަދި މަރިޔަމް މަޖުދާ (މަޖޫ) އެވެ. މިއީ ޝަރަފު އަދި މަޖޫ އެކުގައި ސްކްރީނުން ފެނިގެން ދާނެ ފުރަތަމަ ފިލްމު ކަން ފާހަގަ ކޮށްލެވެ އެވެ.
މީގެ އިތުރުން ޝީލާ ނަޖީބް، އަހުމަދު ސައީދު، ފުބޫ، އަމަން އަދި ވަރަށް ހާއްސަ ފެނިލުމެއްގައި ކުރީގެ މަޝްހޫރު ތަރި އިސްލާއީމް ވަޖީހު ފެންނާނެ އެވެ.
މި ފިލްމްގެ ޓިކެޓް އޮލިމްޕަހުގެ ޓިކެޓް ކައުންޓަރުން ގަންނަން ލިބޭނެ އެވެ. ނުވަތަ ހޮޓްލައިން ނަންބަރު 9911229އަށް ގުޅައިގެން ވެސް ޓިކެޓުގެ ކަންތައް ހަމަޖެހޭނެ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް