މާވަށުގެ ކުނި މެނޭޖު ކުރުމަށް ވެމްކޯއިން ފުރިހަމަ އެއްބާރުލުން ދޭން އެއްބަސްވެއްޖެ

މާވަށުގެ ކުނި މެނޭޖުކުރުމަށް ވެމްކޯއިން ފުރިހަމަ އެއްބާރުލުން ދޭން އެއްބަސްވުން -- ފޮޓޯ/ ވެމްކޯ

ލ. މާވަށުގެ ކުނި މެނޭޖު ކުރުމަށް ބޭނުންވާ ހުރިހާ ކަމަކަށް ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަން (ވެމްކޯ) އިން ފުރިހަމަ އެއްބާރުލުން ދޭން އެއްބަސްވެއްޖެ އެވެ.

އެއްބާރުލުން ދިނުމާ ގުޅޭ އެއްބަސްވުމެއްގައި މާވަށު ކައުންސިލާއި ވެމްކޯއާ އެކު އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ.

މި އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝަހީދު އިބްރާހިމް އެވެ. އަދި މާވަށު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަހްމަދު މޫސާ އެވެ.

ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) ޝަހީދު އިބްރާހީމް "ދެލި އޮންލައިން"އަށް ވިދާޅުވީ މާވަށު ކައުންސިލާ އެކު މިއަދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން އެ ރަށުގެ ކުނި މެނޭޖު ކުރުމަށް ބޭނުންވާ އެންމެހާ ކަންކަމުގައި ވެމްކޯއިން އެއްބާރުލުމާއި އެހީތެރިކަން ދޭނެ ކަމަށެވެ.

އޭގެ އިތުރުން މާވަށުގައި ނައްތާނުލެވި ހުރި ކުނިތައް ގެންދިޔުމާއި ކުނި ކޮށި މެނޭޖު ކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގައިވެސް އެއްބަސްވުމުގެ ދަށުން އިތުރު ފަސޭހަ ވާނެ ކަމަށް ޝަހީދު ވިދާޅުވި އެވެ.

"ގިނަ ޒަމާންތަކެއް ވަންދެން ނައްތާނުލެވި ހުރި ދަނގަޑާއި ބިއްލޫރި އަދި ޕްލާސްޓިކް ފަދަ ތަކެއް އެބަހުރި. އެތަކެތި ކުނި ކޮށިން ހުސްކޮށް ވެމްކޯގެ ސެންޓަރުތަކަށް ގެންދާނެ. އެކަމަށް ކައުންސިލުން ކުރަންޖެހޭނީ ކުޑަ ހޭދައެއް. އެތަކެތި ބޭރު ކުރާނީ ވެމްކޯގެ ވެހިކަލްތަކުގަ،" ޝަހީދު ވިދާޅުވި އެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު، މާވަށު ކައުންސިލްގެ ރައީސް އަހުމަދު މޫސާ މި ނޫހަށް ވިދާޅުވީ ރަށަށް ދިމާވެފައިވާ ކުނީގެ މައްސަލަ އަމިއްލަ އަށް ހައްލު ކުރަން ބަލާއިރު، ކަން ކުރަންވީ ގޮތުގެ ރަނގަޅު މައުލޫމާތު ނޭނގުމުގެ ސަބަބުން އިތުރު އުނދަގުލާ ކުރިމަތިލާން ޖެހޭ ކަމަށާއި އެހެންވެ، ވެމްކޯއާ އެކު ސޮއި ކުރި މި އެއްބަސްވުމުގެ ސަބުން އެކަން ހައްލުވާނެ ކަމަށެވެ.

"އެހެންވީމަ ވެމްކޯ ފަދަ ތަޖުރިބާ ހުރި ފަރާތަކާ އެކު މި އެއްބަސްވުމުގަ ސޮއި ކުރުމާ އެކު އަޅުގަނޑުމެން ކުނިކޮށި ބަލަހައްޓާ ކުދިންނަށް އިތުރު ތަމްރީނު ދީ، އެ ކުދިން މި ކަމަށް ހޭލުންތެރި ކުރެވިގެން ދާނެ. އަދި ރަށުގެ ތަރައްގީ އަށް ކައުންސިލުން ކުރާ ކަންކަމުގައި ވެމްކޯއިން އެހީތެރިވެ ދޭނެ އެމީހުންގެ ކެޕޭސިޓީ ހުރި ވަރަކުން،" މޫސަ ވިދާޅުވި އެވެ.

ވެމްކޯގެ މެނޭޖުމަންޓުން އަންނަނީ އެ ކުންފުނީގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް އައު ކަންތައްތައް ތައާރަފް ކޮށްގެން ކުންފުންޏަށް ލިބޭ އާމްދަނީ އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

39 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy