ސްޓެލްކޯގެ ރިސާޗް ފައުންޑޭޝަން އިފްތިތާހުކޮށްފި

މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ

ރާއްޖޭގެ ރިސާޗް އަދި އުފެއްދުންތެރިކަމުގެ ދާއިރާ އައު ހަރުފަތަކަށް ގެންދިއުމުގެ މަޤްޞަދުގައި ސްޓެލްކޯ ރިސާޗް ފައުންޑޭޝަން މިއަދު އިފްތިތާހުކޮށްފިއެވެ.

މި ފައުންޑޭޝަން އިފްތިތާހުކޮށްދެއްވީ ސްޓެލްކޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއެވެ.

ސްޓެލްކޯ ރިސާޗް ފައުންޑޭޝަންގެ މައިގަނޑު އަމާޒަކީ ސައިންސް، ޓެކްނޮލޮޖީ، އިންޖިންޖިނިއަރިންގ، އާޓްސް އަދި މެތެމެޓިކްސް ދާއިރާތައް ކުރިއެރުވުމެވެ. މީގެ އިތުރުން، އެންމެ ޒަމާނީ ދިރާސާތަކާއި އަލަށް ތަޢާރަފުވަމުންދާ ޓެކްނޮލޮޖީތައް ހޯދައި، އެކަންކަމަށް އަހުލުވެރިވެ، ތަރައްޤީގެ މަގުގައި ކުރިއަށް ދިއުމަށް ބޭނުންވާ ހަރުދަނާ އަދި ޒަމާނީ ހައްލުތައް ހޯދައިދިނުމެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ ރިސާޗް ފައުންޑޭޝަން މެދުވެރިކޮށް ޤައުމުގެ ކުރިއެރުމަށް މަސައްކަތްކުރުމަކީ އެ ކުންފުނީގެ އަމާޒު ކަމަށެވެ. އަދި ސްޓެލްކޯގައި ހުރި ޤާބިލް އިންސާނީ ވަސީލަތްތަކާއި އެހެނިހެން ވަސީލަތްތަކުގެ ބޭނުން ހިފައިގެން މި މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ފަހުމީ އިތުރަށް ވިދާޅުވީ މި ފައުންޑޭޝަނަކީ ހަމައެކަނި ޖަލްސާއެއް ބާއްވައި ނިންމާލާ ތަނަކަށް ވެގެން ނުވާނެ ކަމަށާއި، ވިސްނުމާއި ފިކުރުކުރުމުގެ ތެރެއިން ޤައުމަށް މީގެ ފައިދާ އިންތިހާއަށް ކުރަންވާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ސްޓެލްކޯ ރިސާޗް ފައުންޑޭޝަންގެ ވެބްސައިޓް ވެސް ވަނީ އިފްތިތާހުކޮށްފައެވެ.

 

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

30 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy