މި މަސް ނިމޭއިރު މެމްބަރުން އެންމެ ގިނަ ޕާޓީއަކަށް ޕީއެންސީވެގެންދާނެ
އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ޝަރުތު ހަމަވަނީ ފަސް ސިޔާސީ ޕާޓީއަކަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހާމަކޮށްފިއެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން، 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުގެ 0.1 އިންސައްތަ ދޭން ޖެހެއެވެ. މިގޮތުން، އީސީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ފައިސާ ދޭނެ ޕާޓީތައް ކަނޑައަޅާފައެވެ.
އީސީގެ މެންބަރު އަދި ތަރުޖަމާނު ހަސަން ޒަކަރިއްޔާ ވިދާޅުވި ގޮތުގައި، ބަޖެޓުން ފައިސާ ދިނުމަށް ޝަރުތު ހަމަވަނީ އެމްޑީޕޑީޕީ، ޕީއެންސީ، އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭ އެވެ.
ކޮންމެ ޕާޓީއަކަށް ފައިސާ ދޭނެ އަދަދު ނިންމާނީ މި މަހުގެ 31 ގެ ނިޔަލަށް މެންބަރުން ތިބި ނިސްބަތަށް ބަލައިގެން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު ލިބެމުންދާ ފޯމުތަކަށް ބަލާއިރު، މި މަހުގެ ނިޔަލަށް އެންމެ ގިނަ މެންބަރުން ތިބޭނީ ޕީއެންސީގައި ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ބަޖެޓުން 44 މިލިއަން ރުފިޔާ ހަ ސިޔާސީ ޕާޓީއަކަށް ދޫކޮށްފައިވެއެވެ. އޭގެ ތެރޭގައި، މިފަހަރު ފައިސާ ދޭން ނިންމި ފަސް ޕާޓީގެ އިތުރުން، މިހާރު އުވާލަން ނިންމާފައިވާ ޕީޕީއެމްވެސް ހިމެނެއެވެ. ނަމަވެސް ޕީޕީއެމް އުވާލުމުގެ އިދާރީ މަސައްކަތް ކުރިއަށްދާތީ، އެ ޕާޓީއަށް ފައިސާ ދޫނުކުރާނެ ކަމަށް އީސީން ބުނެފައިވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް