އަމިއްލައަށް މަރުވާން އުޅުނު މީހާގެ ބަންދަށް ފަސް ދުވަސް ޖަހައިފި

ކްރިމިނަލް ކޯޓު --

މާލެއަށް ނިސްބަތްވާ 28 އަހަރުގެ ޒުވާނަކު އަމިއްލައަށް މަރުވާން އުޅުނު މައްސަލައެއްގައި ހައްޔަރުކޮށް، އިތުރު 5 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން އެ ޒުވާނާ ހައްޔަރުކުރިތާ 24 ގަޑިއިރު ހަމަވުމާ ގުޅިގެން، އިއްޔެ އޭނާ ބަންދުގައި އިތުރަށް ބެހެއްޓުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރެވުނެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި، އެ ތުހުމަތު ވުޖޫދުކުރެވޭ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވެއެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ނިންމެވީ އެ ޒުވާނާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ. އަދި "މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި" އޭނާ އިތުރު 5 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކުރެއްވިއެވެ.

ގާނޫނުލްއުޤޫބާތުގައިވާ ގޮތުން، އަމިއްލައަށް މަރުވާން އުޅުމަކީ ޖުނަޙުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. މި ކުށުގެ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި އޭގެ އެންމެ ބޮޑު އަދަބަކީ އެއް އަހަރަށް ޖަލަށްލުމެވެ.

އަމިއްލައަށް މަރުވުމަކީ އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ ކަމެއްކަން ފާހަގަކޮށްލަމެވެ. އެފަދަ ޙާލަތަކަށް ހުށަހެޅިފައިވާ މީހަކު އެހީއަށް އެދި ގުޅާނީ ޤައުމީ ހެލްޕްލައިން 1677 އަށެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

24 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy