ކުރަނގި އޮޕަރޭޝަނުގެ ތެރެއިން
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މިދިޔަ އޭޕްރީލް މަހު ފެށި އޮޕަރޭޝަން 'ކުރަނގި'ގެ ދަށުން 18،000 އަށް ވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކް މަޢުލޫމާތު އެއްކޮށްފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.
ތިން މަރުހަލާއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި އޮޕަރޭޝަނުގެ ފުރަތަމަ މަރުހަލާގެ މަޤްޞަދަކީ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންނަކީ ވެސް ގަވާއިދުގެ ތެރެއިން މަސައްކަތްކުރާ ބަޔަކަށް ހެދުން ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ. މި މަސައްކަތް މިހާތަނަށް 194 ރަށުގައި ފަށާފައިވާއިރު، 50 ރަށެއްގައި މަސައްކަތް ވަނީ ނިމިފައެވެ.
އޮޕަރޭޝަން 'ކުރަނގި'ގެ ދަށުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އިނގިލީގެ ނިޝާން ނަގައި، އެ ބިދޭސީ މީހާ ވަޒީފާ އަދާކުރަނީ ރާއްޖޭގެ ޤާނޫނާއި ގަވާއިދުގެ ދަށުންތޯ ޔަޤީންކުރެވޭނެއެވެ. މި އޮޕަރޭޝަނަށް ބޭނުންވާ މަޢުލޫމާތު އެއްކުރަނީ ކައުންސިލް އިދާރާތަކުގައި ބިދޭސީންގެ ބަޔޯމެޓްރިކް ނެގުމުގެ އިންތިޒާމު ޤާއިމްކޮށްގެންނެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން، ބިދޭސީންގެ އައިޑެންޓިޓީ ދެނެގަނެ، އެ މީހުންގެ މަޢުލޫމާތު އެއްކުރުމަށް އޮޕަރޭޝަން 'ކުރަނގި' ކުރިއަށްގެންދަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ.
މި އޮޕަރޭޝަނުގެ ފުރަތަމަ އަހަރު ނިމޭއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބީ ކޮން ޤައުމުތަކަކަށް ނިސްބަތްވާ، ކިތައް ބިދޭސީންތޯ އަދި އެ މީހުން މިހާރު މަސައްކަތްކުރަނީ ކާކު ސްޕޮންސަރ ދީގެންތޯ ނުވަތަ މަސައްކަތްކުރަނީ ކޮން ތަނަކުންތޯ ދެނެގަނެވޭނެއެވެ. އަދި މި މަޢުލޫމާތުގެ އަލީގައި ބިދޭސީންގެ މައި ދަފްތަރެއް އެކުލަވާލެވޭނެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް