ވެމްކޯ މުވައްޒަފަކު ކުނި ނެގުމުގެ މަސައްކަތުގައި -- އަވަސް ފޮޓޯ
އަންނަ ޖެނުއަރީން ފަށައިގެން އަތޮޅުތެރޭގެ ރަށްރަށުގައި ވެސް ކުނި ނަގާ ފީ ކަރަންޓު ބިލުގައި ހިމަނަން ނިންމާފައިވާ ކަމަށް ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ބުނެފި އެވެ.
ވެމްކޯގެ ސަދަން އޮޕަރޭޝަންސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝާފިއު، ރޭ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ އަންނަ ޖެނުއަރީ މަހުގެ ބިލުން ފަށައިގެން މާލެ ސަރަހައްދާ އެއްގޮތަށް، ރަށްރަށުގައި ވެސް ވެމްކޯގެ ބިލު، އެ ތަނެއްގެ ކަރަންޓު ބިލާ އެއްކޮށްލައިގެން ފޮނުވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ.
އޭގެ އިތުރުން ގޭބިސީތަކުގެ ކަރަންޓު ބިލަށް 34 ޔުނިޓު ނާރާ ނަމަ އެ މަހެއްގައި އެ ގެއަކަށް ބިލު ނުކުރާނެކަން ޝާފިއު ފާހަގަ ކުރެއްވި އެވެ.
"މާލެ ސަރަހައްދުގެ ކަރަންޓު ބިލްގައި ކުނި ނަގާ ފީ ހިމަނާފައިވާ ފަދައިން ވެމްކޯ އިން ހިދުމަތް ދޭ ހުރިހާ ރަށެއްގައި ވެސް ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފަށައިގެން ކަރަންޓު ބިލްގައި ކުނީގެ ފީ ހިމަނަން އަޅުގަނޑުމެން ވަނީ ނިންމާފަ،" ޝާފިއު ވިދާޅުވި އެވެ.
ޝާފިއު ވިދާޅުވީ މިއަންނަ އަހަރު ވެމްކޯގެ ހިދުމަތް ރަށްރަށަށް ފުޅާ ކުރާނެ ކަމަށާއި އެކަމަކު، މި ވަގުތު އެ ކުންފުނިން ރަށެއްގައި އަލަށް ހިދުމަތް ފަށާނީ ކައުންސިލުން އެކަމަށް އެދުމުން ކަމަށެވެ. އަދި ހިދުމަތް ރަށްރަށުގައި ފަށާނީ އެ ރަށެއްގެ ކައުންސިލުން ވެމްކޯއާ އެކު ޕާޓްނަޝިޕް އުސޫލުން ކުރާނެ އިންވެސްޓަށް ވެސް ބެލުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
ދެހާސް ސޯޅަ ވަނަ އަހަރު ފެށި ވެމްކޯގެ ހިދުމަތްތައް މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރެއަށް ފުޅާކޮށްފައި ވާއިރު، ރިސޯޓު ތަކުން ކުނި ނެގުމުގެ މަސައްކަތް ވެސް އެ ކުންފުނިން ވަނީ ފަށާފަ އެވެ. އަދި އިމާރާތް ތަޅައިދިނުމުގެ ހިދުމަތް ދިނުމަށް ވެސް އަންނަނީ ތައްޔާރު ވަމުންނެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް