ރައީސް، ގަތަރުގެ އަމީރާއި ބޮޑުވަޒީރަށް ގައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ރައީސް ޑރ. މުޙައްމަދު މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު ގަތަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދް އަލްޘާނީ އާއި ބޮޑުވަޒީރު އަދި ހާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ބިން އަބްދުއްރަހުމާން ބިން ޖާސިމް އަލްޘާނީއަށް ތަހުނިޔާ ފޮނުއްވައިފި އެވެ.

ގަތަރުގެ އަމީރާއި ބޮޑުވަޒީރަށް ތަހުނިޔާ ވިދާޅުވެ، ރައީސް ފޮނުއްވި ސިޓީފުޅުތަކުގައި ވަނީ، މި ފަހުރުވެރި މުނާސަބަތުގައި، ދިވެހި ރައްޔިތުންނާއި ސަރުކާރާއި އެމަނިކުފާނުގެ އަމިއްކަ ނަންފުޅުގައި އެ ގައުމުގެ އިސް ބޭފުޅުންނާއި ރައްޔިތުންނަށް، ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފަ އެވެ. އަދި ދެ ގައުމުގެ ދެމެދުގައިވާ ހަރުދަނާ ގުޅުން ދެމެހެއްޓުމުގައި ގާއިމުވެ ތިބެވޭނޭކަމުގެ ޔަގަންކަން ވަނީ ދެއްވާފަ އެވެ.

ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްގެ ގޮތުން ގަތަރުން އަދާކުރާ ދައުރު ފާހަގަކުރައްވައި، ފަރުދީ ފެންވަރެއްގައި ދޭދޭ ގުޅުން ބަދަހިކޮށް، ދެ ގައުމުގެ ދެމެދުގައި އޮންނަ އަހުވަންތަކަން އިތުރުކުރުމަށް ދިވެހި ސަރުކާރުން ދެއްވާ އަހަންމިއްޔަތު ވެސް އެމަނިކުފާނުގެ ސިޓީފުޅުގައި ފާހަ ގަކުރައްވާފައިވެ އެވެ.

މީގެ އިތުރުން ރައީސް ވަނީ، ގަތަރުގެ އަމީރާއި ބޮޑުވަޒީރު ފުރިހަމަ ސިއްހަތުގައި ލެހެއްޓެވުމަށް އެދިވަޑައިގެން، އެ ގައުމުގެ ރައްޔިތުންނަށް ތަރައްގީ އާއި ފާގަތިކަން އެދިވަޑައިގަންނަވާ ކަން ހާމަ ކުރައްވާފަ އެވެ.

ގަތަރުގެ ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

49 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy