ދުނިޔޭގެ ބޮޑަތި ބާރުތަކުން ދަނީ ސޫރިޔާގެ އާ ސަރުކާރާއި ވާހަކަދައްކަމުން
ސޫރިޔާގެ ރައީސް ބައްޝާރް އަލް-އަސަދުގެ ވެރިކަން ވައްޓާލުމަށްފަހު، ވެރިކަމާ ހަވާލުވި ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް) އާއެކު ހުޅަނގުގެ ބާރުތަކުން މަޝްވަރާތައް ފަށާފައިވާކަން ހާމަވެއްޖެއެވެ.
އެޗްޓީއެސްގެ ހަނގުރާމަވެރިން ސޫރިޔާގެ ވެރިރަށް ދިމިޝްޤަށް އަރައި، އަސަދުގެ ވެރިކަން ނިމުމަކަށް ގެނެސްފައިވަނީ ޑިސެންބަރު 8 ވަނަ ދުވަހުއެވެ.
އަސަދުގެ ވެރިކަން ވައްޓާލުމަށްފަހު އެކުލަވާލެވުނު އިންތިޤާލީ ސަރުކާރުގެ ބޮޑުވަޒީރުކަމުގެ މަޤާމު ހަވާލުކޮށްފައިވަނީ މުޙައްމަދު އަލް-ބަޝީރާއެވެ. މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެފައިވަނީ، އެޗްޓީއެސްއިން ޤާއިމުކޮށްފައިވާ އިންތިޤާލީ ސަރުކާރާއެކު މަޝްވަރާތައް ބޭއްވުމަށް ހުޅަނގުގެ ބާރުތަކުން މަސައްކަތްކުރަމުންދާ ކަމަށެވެ.
އެޗްޓީއެސްއަކީ އެމެރިކާއާއި ވިލާތުގެ ގިނަ ޤައުމުތަކުގެ އިތުރުން އދ.އިން ވެސް ނިރުބަވެރި ޖަމާޢަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ގުރޫޕެކެވެ. ނަމަވެސް، ހުޅަނގުގެ ބާރުތަކުން މިވަގުތު ދަނީ އެޗްޓީއެސްގެ އިސް ކޮމާންޑަރު އަޙްމަދު އަލް-ޝަރާޢުއާއެކު މަޝްވަރާތައް ބޭއްވުމަށް މަސައްކަތްކުރަމުންނެވެ.
އިންތިޤާލީ ބޮޑުވަޒީރު ބަޝީރު ބުނެފައިވަނީ، ސޫރިޔާގެ ބޭރު ފައިސާގެ ރިޒަރވް ހުސްވެފައިވާ ކަމަށާއި، އެ ޤައުމަށް ކުރިމަތިވެފައިވާ މާލީ ކާރިސާއިން އަރައިގަނެވޭނީ ހުޅަނގުގެ ބާރުތަކުން އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކަށް ލުއިދިނުމުން ކަމަށެވެ.
ބަޝީރު އިތުރަށް ބުނެފައިވަނީ، ސޫރިޔާގައި އަމަން އަމާންކަމާއި ސުލްޙަމަސަލަސްކަން ޤާއިމުކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، ސޫރިޔާގެ ކުރިމަގު ބައްޓަންކޮށް ތަރައްޤީކުރުމުގައި ބައިވެރިވުމުގެ ފުރުޞަތު އެންމެންނަށް އޮންނާނެ ކަމަށެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް