ފީފާ ބެސްޓް އެވޯޑް ވިނީޝިއުސް ޖޫނިއާ އަށް

ވިނީޝިއުސް ޖޫނިއާ

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ހޮވާ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ ބެސްޓް އެވޯޑް، ރެއާލް މެޑްރިޑަށް ކުޅޭ ބްރެޒިލްގެ ފޯވާޑް ވިނީޝިއުސް ޖޫނިއާ އަށް ލިބިއްޖެއެވެ.

މި ފަހަރުގެ ބެސްޓް އެވޯޑްސްގެ ނޮމިނީސްގެ ތެރޭގައި ހިމެނުނީ ބެލޮންޑިއޯ އެވޯޑް ހާސިލްކުރި ރޮޑްރީ، ލިއޮނަލް މެސީ، ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް، ފެޑެރީކޯ ވަލްވޭޑޭ، ޓޯނީ ކްރޫސް، ޑެނީ ކާވަހާލް، އާލިން ބްރައުޓް ހާލަންޑް އަދި ފްލޯރިއަން ވާޓްޒްއެވެ.

ވިނީޝިއުސް އަށް 48 ވޯޓު ލިބުނުއިރު، ދެވަނައަށް ދިޔަ ރޮޑްރީއަށް ލިބުނީ 43 ޕޮއިންޓެވެ. ތިންވަނަ ހޯދި ބެލިންހަމްއަށް ލިބުނީ 37 ޕޮއިންޓެވެ. ބެލޮންޑިއޯ އެވޯޑް ވިނީޝިއުސްއަށް ނުލިބުމާ ގުޅިގެން ރެއާލް މެޑްރިޑުން ވަނީ އެ އެވޯޑް ހަފުލާ ބޮއިކޮޓްކޮށްފައެވެ.

އެންމެ މޮޅު ކޯޗުގެ މަޤާމު ލިބިފައިވަނީ ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ އަށެވެ. އެންމެ މޮޅު ގޯލަށް ދޭ ޕުސްކަސް އެވޯޑް ލިބުނީ މެންޗެސްޓާ ޔުނައިޓެޑްގެ އަލެހަންދްރޯ ގާނާޗޯ އަށެވެ. އެއީ އޭނާ އެވަޓަން ކޮޅަށް ޖެހި އޯވަހެޑް ކިކަށެވެ.

އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމު ލިބުނީ ސްޕެއިނާއި ބާސެލޯނާއަށް ކުޅޭ އައިޓާނާ ބޮންމާޓީ އަށެވެ. މިދިޔަ އަހަރުވެސް މި މަޤާމު ހޯދީ ބޮންމާޓީއެވެ. އަދި އެންމެ މޮޅު އަންހެން ކޯޗަކަށް ހޮވުނީ ކުރިން ޗެލްސީއަށް ކޯޗުކޮށްދީ މިވަގުތު އެމެރިކާގައި ހުރި އެމާ ހަޔެސްއެވެ.

 

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

30 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy