ދުނިޔެއަށްް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަންނަން ގައުމުތައް އެކުގައި މަސައްކަތްކުރަން ޖެހޭ

ފިޝަރީސް މިނިސްޓަރު އަހްމަދު ޝިޔާމް / ފޮޓޯ: ފިޝަރީސް މިނިސްޓަރީ

ދުނިޔެއަށްް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ގައުމުތައް ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށާއި މިކަންކަމުގައި ގައުމުތަކުގެ ވަސީލަތްތަކާއި، ތަޖުރިބާއާއި، ހިޔާލު ހިއްސާކުރުން މުހިއްމު ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.

ވަޒީރު ޝިޔާމު މިހެން ވިދާޅުވީ ޗައިނާ – އިންޑިއަން އޯޝަން ރީޖަން ފޯރަމުގެ ތީމަޓިކް ޑިސްކަޝަން އޮން "ދަ އޯޝަން ޑިކޭޑު އޮފް ޔުނައިޑަޓު ނޭޝަންސް އިން ދަ ކޮންޓެކްސް އޮޮފް ގްލޯބަލް ޑިވެލޮޕްމަންޓު އިނިޝިއޭޓިވުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.

ޝިޔާމް ވިދާޅުވީ ކަނޑު ތަކަކީ ހަމައެކަނި ވަސީލަތްތަކަށްވުރެ މާ ބޮޑު އެއްޗެއް ކަމަށާއި ކަނޑުތަކަކީ ދިވެހިންގެ މުޅި ދިރިއުޅުމާއި ގުޅިފައިވާ އެއްްޗަކަށްވާއިރު، މޫސުމަށް އަންނަ ބަދަލުތަކުގެ އެންމެ ކުރީ ސަފުގައި އޮތީ މި ނާޒުކު ކަނޑުތައް ކަމަށެވެ.

ވަޒީރު ވިދާޅުވީ ސައިންސް އިން ނިންމުންތައް ނިންމުމުގައި، ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ ދެމެހެއްޓެނިވި މިސްރާބަކަށް ދިޔުމަށް އިސްކަންދޭން ޖެހޭ ކަމަށެވެ.

އޯޝަން ޑެކޭޑްގެ ޝިއާރަކީ 'ދުނިޔޭގެ ކަނޑުތަށް ހިމާޔަތްކުރުމަށް ބޭނުންވާ ސައިންްސްގެ ކުރިއެރުންތައް' އެވެ.

އޯޝަން ޑެކޭޑަކީ ދިވެހި ކަނޑުތަކަށް ކުރިމަތިވެފައިވާ ކުރިން ނުފެންނަ ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި ސައިންޓިފިކް ފަންނުވެރިކަމާއި، ސިޔާސަތުގެ މުހިއްމުކަމާއި ޖަމާއަތުގެ ފިޔަވަޅުތައް އެއްބައިވަންތަ ކުރުމަށް މަސައްކަތްކުރަން ލިބޭ ފުރުސަަތެއް ކަމަށް ވަޒީރު ސިފަކުރެއްވި އެވެ.

މި ދިހަ އަހަރުގެ ލަނޑުދަނޑިތަކާއި މެދު ވިސްނާ، އޭގެ އަމާޒުތަކަށް ނަޒަރު ހިންގާއިރު، އދ. މި ދެ އޮނިގަނޑު ވެސް ބިނާވެފައިވަނީ 2030 ވަނަ އަހަރުގެ އެޖެންޑާ ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ކުރިއަށް ގެންދިއުމަށް އިންކްލޫސިވިޓީ، އިނޮވޭޝަން، އަދި އެކްޝަން އޮރިއެންޓެޑް ސްޓްރެޓެޖީތަކުގެ މައްޗަށްކަން ވަޒީރު ފާހަގަކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް އޯޝަން ޑެކޭޑާއި ޖީޑީއައި އިން ވެސް މަސްވެރި މުޖުތަމައުތައް ބާރުވެރިކޮށްދީ، ބަޔޯޑައިވާސިޓީ ހިމާޔަތްކުރާ ހަމަހަމަ ކަނޑުގެ ދިރާސާ ސިޔާސަތުތަކަށް ވަކާލާތު ކުރުމުގެ ތަފާތު ފުރުސަތުތަކެއް ލިބިގެންދާކަމަށެވެ.

ގްލޯބަލް ޑިވެލޮޕްމަންޓް އިނިޝިއޭޓިވްގެ އުސޫލުތަކުން- އިނޮވޭޝަން، އިންކްލޫސިވިޓީ، އަދި ނަތީޖާއަށް ބިނާކޮށް އަމަލުކުރުމަށް ސަމާލުކަންދީގެން އޯޝަން ޑެކޭޑްގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ފުރިހަމަ އޮނިގަނޑެއް ހުށަހަޅައެވެ.

ޖީޑީއައި އިން ގައުމުތައް ގުޅުވާލަދީ، ވަސީލަތްތައް އެއްކޮށް، އަވަސް އިންޒާރު ދިނުމުގެ ނިޒާމުތަކާއި، ކަނޑުތަކުގެ މައުލޫމާތުތައް ހޯދާ، ދެމެހެއްޓެނިވި މަސްވެރިކަމާއި އެކުއަކަލްޗަރގައި އައު އުފެއްދުންތައް ކުރިއެރުވުން ފަދަ ދާއިރާތަކުން މުހިންމު ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ.

ގައުމުތައް އެކުގައި އޯޝަން ސައިންސްގެ މި ދިހަ އަހަރުގައި، ނިންމާ ނިންމުންތަކުން، މުޖުތަމަޢުތައް ބާރުވެރިކޮށް، ބަޔޯޑައިވަރސިޓީ ރައްކާތެރިކޮށް، ކުރިއަށް އޮތް ޖީލުތަކަށް ދެމެހެއްޓެނިވި މުސްތަގުބަލެއް ކަށަވަރުކޮށްދެވިގެންދާނެ ކަމަށް ވެސް ވަޒީރު ޝިޔާމް ވިދާޅުވި އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

41 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy