ބޫޓާންގެ ގައުމީ ދުވަހާ ގުޅިގެން ރަސްގެފާނަށާއި ބޮޑުވަޒީރަށް ރައީސް މުއިއްޒުގެ ތަހުނިޔާ

ބޫޓާންގެ ބޮޑުވަޒީރު ޝެރިންގ ތޮބްގޭ, (ކ) އަދި ރަސްގެފާނު ޖިގްމޭ ކޭސާރް ނަމްގްޔެލް ވަންގޗުކް (ވ) —

ރައީސް ޑރ. މުޙައްމަދު މުއިއްޒު، ބޫޓާންގެ ރަސްގެފާނު ޖިގްމޭ ކޭސާރް ނަމްގްޔެލް ވަންގޗުކް އާއި ބޮޑުވަޒީރު ޝެރިން ތޮބްގޭއަށް ބޫޓާންގެ ގައުމީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފި އެވެ.

ބޫޓާންގެ ގައުމީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައި ރައީސް ފޮނުއްވި ސިޓީފުޅުތަކުގައި ވަނީ، މި މުހިންމު މުނާސަބަތުގައި، ދިވެހި ރައްޔިތުންނާއި ސަރުކާރުގެ ނަމުގައި ރަސްގެފާނާއި ބޮޑުވަޒީރާއި ބޫޓާންގެ ސަރުކާރާއި ރައްޔިތުންނަށް ހޫނު މަރުހަބާއެއް ވިދާޅުވެ، ހިތުގެ އެންމެ ފުންމިނުން ތަހުނިޔާ އަރިސްކުރައްވާފަ އެވެ.

މީގެ އިތުރުން ރައީސް ވަނީ، ރަސްގެފާނާއި ބޮޑުވަޒީރު ފުރިހަމަ ސިއްހަތުގައި ލެހެއްޓެވުމަށް އެދިވަޑައިގެން، ބޫޓާނުގެ ރައްޔިތުންނަށް ތަރައްގީ އާއި ފާގަތިކަން އެދިވަޑައިގަންނަވާ ކަން ހާމަ ކުރައްވާފަ އެވެ.

ބޫޓާންގެ ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހެވެ.

ރާއްޖެއާއި ބޫޓާނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 13 ޖުލައި 1984 ގައެވެ.

ރައީސްގެ 'އެކްސް' އެކައުންޓުންވެސް އެމަނިކުފާނު ވަނީ ބޫޓާންގެ ގައުމީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފަ އެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

6 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy