އިމިގްރޭޝަނުން އާއްމުކޮށްފައިވާ ފޮޓޯއެއް / ފޮޓޯ: އިމިގްރޭޝަން
އާންމު ސާފުތާހިރުކަމުގެ މިންގަނޑުތަކާ ހިލާފަށް ދިވެހި އުފެއްދުންތައް ތައްޔާރުކުރާ ތަނަކުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ބިދޭސީއަކު ގެންގޮސްފި އެވެ.
އިމިގްރޭޝަނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ޓާސްކްފޯހުން ހިންގި އޮޕަރޭޝަނެއްގައި އެ މީހާ އަތުލައިގަތީ ހެންވޭރުގައި ހުންނަ ގެއަކުން އިއްޔެ އެވެ.
އިމިގްރޭޝަނުން އާންމުކުރި ފޮޓޯތަކުން ފެންނަނީ މުޑުދާރު ތަނެއްގެ ތެރޭގައި ދިވެހިންގެ މެދުގައި މަގުބޫލު އަދި އާންމުކޮށް ފިހާރަތަކުން ލިބެން ހުންނަ 'ފޮނިފޯއް' ތައްޔާރުކުރާ ތަނެކެވެ. އެ ތަނުގައި ކޮށަން ތައްޔާރުކޮށްފައި ހުރި ފޯއްކިބަތަކާއި ޕެކެޓުތަކަށް އަޅާފައި ހުރި އެކި ބާވަތްތަކުގެ ތަކެތީގެ އިތުރުން އެ ޕެކެޓުތަކުގައި ޖަހަން ޕުރިންޓުކޮށްފައި ހުރި ލޭބަލްތައް ވެސް ހުއްޓެވެ.
އިމިގްރޭޝަނުން ބުނާ ގޮތުގައި މި ތަނަކީ އާންމު މިންގަނޑުތަކާ ހިލާފަށް ދިވެހި އުފެއްދުންތައް ވިޔަފާރީގެ ބޭނުމަށް ތައްޔާރުކުރަމުންދާ ތަނެކެވެ. އަދި މިތަނުން ވަނީ ފިހާރަތަކުން އާންމުކޮށް ލިބެން ހުންނަ ގިނަ ބާވަތްތަކުގެ ކާބޯތަކެތި ފެނިފައިވާ ކަމަށް އިމިގްރޭޝަނުން މިއަދު 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
ގަވާއިދާ ހިލާފަށް އެ މަސައްކަތް ކުރަމުންދިޔަ ބިދޭސީ މީހާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އޮގަސްޓުގައި ވެސް ކާބޯތަކެތީގެ އެކި ބާވަތްތައް ބަންދުކުރާ އާންމު ސާފުތާހިރުކަމުގެ މިންގަނޑުތަކާ ހިލާފު ތަނެއް އިމިގްރޭޝަނުން ވަނީ ބަލައި ފާސްކޮށްފައެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް