އައްޑޫން ފުރައިގެން މާލެއަށް ދަތުރުކުރި ބޯޓެއްގެ ފަޅުވެރިއަކު ގެއްލިގެން ހޯދަނީ

އެމްއެންޑީއެފް ކޯސްޓު ގާޑު

އައްޑޫއިން ފުރައިގެން މާލެއަށް ދަތުރުކުރަމުން އައި 'ސީމެކްސް' ބޯޓުން ނޭޕާލު ފަޅުވެރިއެއް ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނާ ގޮތުގައި ސީމެކްސް ބޯޓުގައި ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ ރާޖު ކުމާރު ނަމަކަށް ކިޔާ ނޭޕާލު މީހެއް ގެއްލިގެން ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ.

ފުލުހުންނަށް މައުލޫމާތު ލިބިފައިވަނީ އޭނާ ބޯޓުގައި ނެތްކަން އެނގުނީ އައްޑޫ އާއި ފުވައްމުލަކާ ދެމެދު ކަނޑުމަތިން، ފުވައްމުލަކާ 8 މޭލަށް ކައިރިވެފައިވަނިކޮށް ކަމަށެވެ. އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ކުރަމުން އަންނައިރު، ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ ސަރަހައްދަށް ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށޭ ދުވަސްވަރަށް ވުމާ އެކު ކޮޅިގަނޑުތައް އުފެދުމުގެ ފުރުސަތު އޮންނާނެތީ ރާއްޖެ ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން އިއްޔެ ވަނީ ލަފާކޮށްފައެވެ.

އިއްޔެ ބަންގާޅު ކަނޑުގައި މިފަދަ ކޮޅިގަނޑެއް އުފެދިފައިވާއިރު، ރާއްޖޭގެ ދެކުނުން ވެސް ކޮޅިގަނޑެއް އުފެދޭނެ ކަމަށް މެޓުން ލަފާކުރެއެވެ. އަދި މި ކޮޅިގަނޑުތަކުގެ ސަބަބުން ރާއްޖެ ސަރަހައްދަށް ވައިގަދަވެ ކަނޑު ވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.

މި ހާލަތުގައި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ވަރަށް ބޮޑަށް ސަމާލުވުމަށް އިދާރާތަކުން އިލްތިމާސް ކުރެއެވެ. އަދި ގެއްލުނު ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު، އެއްވެސް މަޢުލޫމާތެއް ލިބޭނަމަ ފުލުހުންނަށް އަންގައިދިނުމަށް އާންމުންނަށް ގޮވާލައިފައިވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

27 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy