ވޭޕް ބޭނުންކުރާ މީހުން ޖޫރިމަނާކުރި ކަމުގެ މެސެޖެއް ފޯނަށް ފޮނުވަނީ

ވޭޕު ބޭނުންކުރާނަމަ ބޮޑު އަދަދުން ޖޫރުމަނާ ކުރެވޭނެ

ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން، ކުރާ ޖޫރިމަނާތަކުގެ މަޢުލޫމާތު މެސެޖެއްގެ ޒަރިއްޔާއިން ޖޫރިމަނާ ކުރެވޭ ފަރާތުގެ ފޯނަށް ފޮނުވާނެ ކަމުގައި ފުލުހުން ބުނެފިއެވެ.

މި މަހުގެ 15 އިން ފެށިގެން ރާއްޖޭގައި ވޭޕް ވިއްކުމާއި ބޭނުންކުރުން މަނާވެފައިވާ ކަމަށް ފުލުހުން ވަނީ އިއުލާނު ކޮށްފައެވެ.

މި ބަދަލާ އެކު ވޭޕް ބޭނުންކޮށް، ވިއްކައި ނުވަތަ ހިލޭ ބަހައިފި ނަމަ ބޮޑެތި ޖޫރިމަނާ އަންނާނެ އެވެ. އެގޮތުން ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އުފެއްދުންތައް އެތެރެކޮށްފި ނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓަކަށް ނުވަތަ ވޭޕް ކުރުމަށް ބޭނުންކުރާ އާލާތަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެ އެވެ.

މީގެ އިތުރުން، އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކައިފި ނަމަ 20،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ވިއްކި ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ މަގުން އިތުރު ޖޫރިމަނާއެއް ކުރެވޭނެ އެވެ. ހަމައެހެންމެ، އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ހިލޭ ބަހައިފި ނަމަ 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ.

ފުލުހުން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ގާނޫނުގައިވާ ގޮތަށް އިލެކްޓްރޯނިކް ސިނގިރެޓު ނުވަތަ ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި ހިލޭ ދިނުން ނުވަތަ ބެހުމާއި އެކަކު އަނެކަކަށް ދޭ މީހުންނަށް ފިޔަވަޅު އަޅައި ޖޫރިމަނާ ކުރަމުން ގެންދާނެ ކަމަށެވެ. އަދި ޖޫރިމަނާ ކުރެވޭ މީހުންނަށް އެކަން އަންގައި އެމީހުންގެ ފޯނަށް ކުރު މެސެޖެއް ފޮނުވާނެ ކަމަށާއި، ޖޫރިމަނާ ފައިސާ ދެއްކުމަށް ވާރު ޕޭ ލިންކު އެ މެސެޖުގައި ހިމެނޭނެ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ވޭޕް އެތެރެކުރުމާއި ބޭނުންކުރުމާއި ވިއްކުން އަދި ބެހުން މަނާކޮށްފައިވާ އިރު، ސަރުކާރުން ވަނީ ދުންފަތުގެ ބާވަތްތަކުން ނަގަމުން އައި ޑިއުޓީ ވެސް ބޮޑުތަނުން އިތުރުކޮށްފައެވެ. މިކަމުގެ ސަބަބުން ކުރިން 100 ރުފިޔާއަށް ގަންނަން ލިބޭ ސިނގިރޭޓު ފޮއްޓެއްގެ އަގު މިހާރު ލިބެން ހުރީ 230 ރުފިޔާއިން މަތިންނެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

20 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy