ފޮރިން މިނިސްޓްރީ --
ސީރިއާގެ ގޯލާން ހައިޓްސް އަށް އިޒްރޭލުން ވެރިވެގަންނަން ކުރާ މަސައްކަތް ދިވެހި ސަރުކާރުން މިއަދު ކުށްވެރިކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ސީރިޔާގެ ގޯލާން ހައިޓްސްގެ ބިން ތަކުގައި އިޒްރޭލުން ވަޒަންވެރިވުމަށް ކުރަމުން ގެންދާ މަސައްކަތްތައް ފުޅާ ކުރުމަށް ޔާހޫދީ ސަރުކާރުން ނިންމާފައިވާ ނިންމުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
ބަޔާނުގައި ބުނީ، އިޒްރޭލުގެ އެ ނިންމުމަކީ ބައިނަލްއަގުވާމީ އެންމެހާ ގާނޫނު ތަކާ ކަނޑައެޅިގެން ހިލާފު އަދި މެދުއިރުމަތީގެ ސުލްހަ ގާއިމު ކުރުމަށް ކުރަމުން އަންނަ މަސައްކަތް ތަކަށް އިތުރު ގޮންޖެހުން ތަކެއް ކުރިމަތި ކުރުވާ ނިންމުމެއް ކަމުގައި ދިވެހި ސަރުކާރުން ގަބޫލު ކުރާ ކަމަށެވެ.
މިނިސްޓްރީން ވަނީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް ސީރިޔާގެ ގޯލާން ހައިޓްސްގެ ބިންތަކަށް ނުހައްގުން ވެރިވެގަތުމަށް އިޒްރޭލުން ހިންގަމުން ގެންދާ ޖަރީމާތައް ހުއްޓުވުމަށާއި އިޒްރޭލުން ސީރިޔާ އަށް ދެމުން ގެންދާ އުދުވާނީ ހަމަލާތައް ނިމުމަކަށް ގެނައުމުގެ އިތުރުން އދ. ގެ ގަރާރު ތަކަށް ހުރުމަތްތެރިކޮށް ހިތަން އިޒްރޭލަށް މަޖުބޫރު ކުރުވުމަށް އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައުށް ގޮވާލާފަ އެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި އިޒްރޭލުން 1967 ވަނަ އަހަރުން ފެށިގެން ސީރިއާގެ ގޯލާން ހިފާފައިވާއިރު، ސަލާމަތީ މަޖިލީހުގެ ގާރާރު ތަކަށް ޢަމަލު ކުރުމަށް އިޒްރޭލަށް އިލްތިމާސްކޮށްފައިވެ އެވެ. އަދި ސީރިއާގެ މިނިވަންކަމާއި ސިޔާދަތަށް ކުރަމުން އަންނަ މަސައްކަތަށް ދިވެހި ސަރުކާރުން ތާއީދު ކުރާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް