ޔުނައިޓެޑުން ސިޓީ ބަލިކުރިއިރު ޗެލްސީން ލިވަޕޫލާއި ދެ ޕޮއިންޓަށް ގާތަށް ޖެހިލައިފި

ޔުނައިޓެޑުން އުފާ ފާޅުކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ފަހު ވަގުތު ފަހަތުން އަރައި 2-1 އިން މެންޗެސްޓާ ސިޓީ ބަލިކުރި އިރު، ޗެލްސީން 2-1 އިން ބްރެންޓްފޯޑްގެ މައްޗަށް ކުރިހޯދައި ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލާ ދެމެދު ދެ ޕޮއިންޓަށް ގާތްކޮށްފިއެވެ.

ސިޓީ މިވަނީ އެންމެ ފަހުން ކުޅުނު 11 މެޗުގެ ތެރެއިން އަށް ވަނަ މެޗުން ބަލިވެފައެވެ. މިހާރު ސިޓީ އޮތީ 16 މެޗުން 27 ޕޮއިންޓާ އެކު ފަސް ވަނައިގައެވެ. ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލަށް 15 މެޗުން 36 ޕޮއިންޓް ލިބިފައިވާއިރު، ޗެލްސީން ވަނީ 16 މެޗުން 34 ޕޮއިންޓް ހޯދައިފައެވެ.

ސިޓީގެ އަމިއްލަ ދަނޑުގައި ޔުނައިޓެޑުން ސިޓީ ބަލިކުރި މެޗުގައި، ފުރަތަމަ ހާފުގައި ސިޓީގެ ޖޮސްކޯ ގްވާޑިއޯލް ބޮލުން ޖެހި ގޯލުން ލީޑުނެގިއިރު، މެޗުގެ 88 ވަނަ މިނިޓްގައި ޔުނައިޓެޑުގެ ބްރޫނޯ ފެނާންޑޭސް ވަނީ ޕެނަލްޓީއަކުން އެއްވަރުކޮށްފައެވެ. އަދި މެޗުގެ 90 ވަނަ މިނިޓްގައި އަމަދު ޑިއާލޯ ވަނީ ގޯލު ޖަހައި، ޔުނައިޓެޑް މޮޅުކޮށްދީފައެވެ.

ޗެލްސީން ބްރެންޓްފޯޑް ބަލިކުރި މެޗުގައި މާކް ކުކުރޭލާ އާއި ނިކޮލަސް ޖެކްސަން ވަނީ ގޯލު ޖަހާފައެވެ. ބްރެންޓްފޯޑްގެ ހަމައެކަނި ލަނޑު ޖެހީ ބްރަޔާން އެމްބުއޭމޯއެވެ. މެޗު ނިމުނު ފަހުން ހިނގައިދިޔަ ކަމެއްގެ ސަބަބުން ޗެލްސީގެ ކުކުރޭލާއަށް ވަނީ ރަތް ކާޑެއް ދައްކާފައެވެ.

އެހެން މެޗެއްގައި ޓޮޓެންހަމް އިން ވަނީ ސައުތެމްޓަން ދަނޑުގައި، ފުރަތަމަ ހާފުގައި ޖެހި ފަސް ގޯލާ އެކު، 5-0 އިން މޮޅުވެފައެވެ. މި މޮޅާ އެކު، ޓޮޓެންހަމް އޮތީ 16 މެޗުން 23 ޕޮއިންޓާ އެކު، ތާވަލުގެ 10 ވަނާގައެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

14 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy