ސީރިޔާގައި ހުރި ރަޝިޔާގެ އަސްކަރީ ދެ މަރުކަޒެއް ދޫކޮށްނުލާނެކަމަށް ބުނެފި

ސޫރިޔާގައި ރަޝިޔާގެ ސިފައިން ގާއިމުވެ ތިބުމާއި މެދު ވަނީ ސުވާލު އުފެދިފައި

ސޫރިޔާގެ އުތުރުގެ އަލަވީ ފަރުބަދަތަކުގައި ހުރި އަސްކަރީ މަޤާމުތަކުން ރަޝިޔާގެ ސިފައިން ފަހަތަށް ޖެހެން ފަށާފައިވީ ނަމަވެސް، ސޫރިޔާގައި ހުންނަ ރަޝިޔާގެ ދެ އަސްކަރީ މަރުކަޒު ދޫކޮށްނުލާނެ ކަމަށް އިތުބާރުހުރި ބައެއް މަސްދަރުތަކުން ބުނެފިއެވެ.

މި ދެ މަރުކަޒަކީ އަލްލާޒިޤިއްޔާގައި ހުންނަ ޙުމީމީމް ވައިގެ މަރުކަޒާއި ޠުރްޠޫސްގައި ހުންނަ ކަނޑުގެ ސިފައިންގެ މަރުކަޒެވެ.

ހުކުރު ދުވަހުގެ ސެޓެލައިޓް މަންޒަރުތަކުން ފެންނަ ގޮތުގައި، އެންޓޮނޮވް އޭއެން-124 މަރުކާގެ ދެ އުޅަނދު ޙުމީމީމް ވައިގެ މަރުކަޒުގައި މުދާ އަރުވަމުންދާ ކަމަށް ބެލެވެއެވެ. އަދި އޭގެ ތެރެއިން އެއް މަތިންދާބޯޓު ލީބިޔާއާ ދިމާލަށް މިޞްރާބު ޖަހާފައިވާ ކަމަށްވެސް ބެލެވެއެވެ.

ރަޝިޔާއާ ގުޅުން ހުރި ސޫރިޔާގެ އަސްކަރީ އަދި ސަލާމަތީ މަސްދަރުތަކުން ބުނެފައިވަނީ ރަޝިޔާއިން ކުރީ ސަފުގައި ތިބި ސިފައިން ފަހަތަށް ޖައްސައި، ބައެއް ސާމާނުތަކާއި ސޫރިޔާގެ އިސް އޮފިސަރުން އަނބުރާ ގެންދަމުންދާ ކަމަށެވެ. ނަމަވެސް ރަޝިޔާގެ މައި ދެ މަރުކަޒު މުޅީން ދޫކޮށް ދިޔުމުގެ ވިސްނުމެއް ނެތް ކަމަށާއި، ޙާލަތު ނިއުޅެމުންދާ ގޮތަށް ބަލައި، މިހާރަށް ވުރެ ވަރުގަދައަށް އެނބުރި އައުން އެކަށީގެންވާ ކަމަށްވެސް މަސްދަރުތަކުން ބުނެފައިވެއެވެ.

ސޫރިޔާގައި މިހާރު އޮތް ވަގުތީ ސަރުކާރާ ގާތް ގުޅުމެއް އޮންނަ މަސްދަރަކުން ބުނެފައިވަނީ ސޫރިޔާގައި ރަޝިޔާ ސިފައިން ތިބުމާއި، އަސަދުގެ ސަރުކާރާއި ރަޝިޔާއާ ދެމެދު ކުރިން ވެވުނު އެއްބަސްވުންތަކާ މެދު މަޝްވަރާ ނުކުރެވޭ ކަމަށެވެ. އަދި މިއީ ކުރިއަށް އޮތް ތަނުގައި ކުރަންޖެހޭ މަޝްވަރާއެއް ކަމަށާއި، އެ ކަމުގައި އެންމެ ފަހު ބަސް ބުނާނީ ސޫރިޔާގެ ރައްޔިތުން ކަމަށްވެސް އެ މަސްދަރު ބުނެފައިވެއެވެ.

ފިނި ހަނގުރާމަ ފެށުނު ދުވަސްވަރުން ފެށިގެން، ރަޝިޔާއިން ދަނީ ސޫރިޔާއަށް ތާޢީދު ކުރަމުންނެވެ. ސޫރިޔާގައި ޤާއިމުކޮށްފައިވާ ރަޝިޔާގެ އަސްކަރީ ދެ މަރުކަޒަކީ، ދުނިޔޭގައި ރަޝިޔާގެ އަސްކަރީ ބާރު ދެމެހެއްޓުމަށް މުހިންމު ދެ މަރުކަޒު ކަމަށް ބެލެވެއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

17 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy