އުޅަނދުފަހަރުގެ އަހަރީ ފީއާއި ޖޫރިމަނާ ފައިސާ ބަހާލައިގެން ދެއްކުމުގެ ފުރުޞަތު ހުޅުވާލައިފި

މާލެ ވަނީ ދުއްވާ އެއްޗެހިން ތޮއްޖެހިފައި

އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުން ކޮންމެ އަހަރަކު އެއް ފަހަރު ދައްކަން ޖެހޭ ފީއާއި އަހަރީ ފީ ނުދެއްކުމުގެ ސަބަބުން އަރައިފައިވާ ޖޫރިމަނާގެ ފައިސާއާއި އެ ނޫން ވެސް ޖޫރިމަނާގެ ފައިސާ، އިންސްޓޯލްމެންޓް އުސޫލުން ބަހައިލައިގެން ދެއްކުމުގެ ފުރުސަތު ސަރުކާރުން ދީފިއެވެ.

މި ފުރުޞަތު ދިނުމަށްޓަކައި އެކުލަވާލެވުނު ގަވާއިދު މިހާރު ވަނީ ގެޒެޓުކޮށް، އަމަލުކުރަން ފަށާފައެވެ. މި ގަވާއިދުގެ ދަށުން، އަހަރީ ފީއާއި ޖޫރިމަނާ ފައިސާގެ ތެރެއިން ނުދައްކާ ހުރި ފައިސާ އެއްފަހަރާ ދެއްކުމަށް ދަތިވާ ފަރާތްތަކަށް ލުއިފަސޭހަ ގޮތެއްގައި އެ ފައިސާ ދައުލަތަށް ދެއްކުމުގެ މަގު ފަހިވެގެންދާނެއެވެ.

މި ފުރުޞަތު ހޯދުމަށް އެދޭ ފަރާތްތަކުން ޓްރާންސްޕޯޓް މިނިސްޓްރީއަށް ލިޔުމުން ހުށަހަޅަންޖެހޭނެއެވެ. ނަމަވެސް މި ފުރުޞަތު ލިބޭނީ ވަކި ޝަރުތުތަކެއް ފުރިހަމަވާ ފަރާތްތަކަށެވެ. މީގެ ތެރޭގައި ދައްކަންޖެހި ނުދައްކާ ހުރި ފައިސާގެ އަދަދު 10،000 ރުފިޔާއަށް ވުރެ އިތުރުވެފައިވުމާއި، އެ ފައިސާއަކީ ދެއްކުމުގެ ސުންގަޑި ފާއިތުވެފައިވާ ފައިސާއަކަށްވުން ހިމެނެއެވެ.

މި ގަވާއިދުގެ ދަށުން ފައިސާ ބަހައިލައިގެން ދެއްކުމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ކުރިން މިފަދަ ފުރުޞަތެއް ލިބިފައިނުވާ އަދި އުޅަނދުގެ ވެރިފަރާތް ކަމުގައިވާ ފަރާތްތަކަށް މި ފުރުޞަތު ލިބޭނެއެވެ. މި ޝަރުތުތައް ހަމަވާ ފަރާތްތަކުން، ދައްކަންޖެހޭ ފައިސާގެ އަދަދުގެ ވަކި މިންވަރެއް 'ކޮމިޓްމެންޓް ފީ'ގެ ގޮތުގައި ދެއްކުމަށްފަހު، މިނިސްޓްރީއާއެކު އެއްބަސްވުމެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

މި އައު ގަވާއިދުގެ ދަށުން، ފައިސާ ދެއްކުމަށް އެއްބަސްވެވޭ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ، މަޤުބޫލު އުޒުރެއްނެތި 30 ދުވަސް ފާއިތުވުމުން އެއްބަސްވުން ބާޠިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. މި ފުރުޞަތުގެ ސަބަބުން، ގިނަ ފަރާތްތަކަކަށް ލުއިފަސޭހަކަމާއެކު އެމީހުންގެ ޒިންމާ އަދާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

 

 

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

56 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy