އެފްއެސްއެމްގެ އައު އެމްޑީއަކަށް ހަމަޖެއްސި ފާތިމަތު އާޝާން --
ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރު ކަމަށް ފާތިމަތު އާޝާން މިއަދު ހަމަޖައްސައިފި އެވެ.
މިއީ ސަރުކާރުގެ ވިޔަފާރި ކުންފުނި, އެސްޓީއޯގެ ދަށުން ހިންގަމުންދާ އެސްޓީއޯ ގްރޫޕް އޮފް ކޮމްޕެނީސްގެ ކުންފުންޏެއްގެ އިސްވެރި އަކަށް އަންހެން ބޭފުޅަކު އައްޔަން ކުރެއްވި ފުރަތަމަ ފަހަރެވެ.
އެހެންވެ، އެސްޓީއޯ ގުރޫޕްގެ ތާރީހުގައި އާޝާންގެ ނަން ލިޔެވޭނެ އެވެ.
އާޝާން ވަނީ މީގެ ކުރިން އެސްޓީއޯގެ ސީނިއާ ޖެނެރަލް މެނޭޖަރު ކަމާ އަދި މިފްކޯގެ ޑެޕިއުޓީ ސީއީއޯ ކަން ވެސް ކުރައްވާފަ އެވެ.
އެފްއެސްއެމްގެ އެންޑީ ކަމާ ހަވާލުވި ކަމުގެ ލިޔުމުގައި ސޮއި ކުރުމަށް މިއަދު އެސްޓީއޯގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. އެ ރަސްމިއްޔާތުގައިއެސްޓީއޯގެ އެމްޑީ ޝިމާދު ބައިވެރިވި އެވެ.
އެފްއެސްއެމްގެ އެމްޑީގެ މަގާމު ހުސްވެފައި ވަނީ އެ ކުންފުނީގެ ވެރި އަކަށް ހުންނެވި އިސްމާއީލް ސުހައިލް އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
މަގާމުގައި ހުންނެވިއިރު، އޭނާ އަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރި އެވެ.
އޭނާ މަގާމުން ވަކިވި ފަހުން، އެފްއެސްއެމްގެ މުވައްޒަފުން ތަކެއް ތެލުން ވައްކަންކޮށް، މަނީ ލޯންޑާ ކުރި މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް