އަންނަ އަހަރު ވެގެންދާނީ ނަތީޖާ ނެރެދިނުމުގެ އަމަލީ މަސައްކަތްތައް ފެށިގެންދާ އަހަރަށް: ރައީސް

ރައީސް މުއިއްޒު އދ. އޮމަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

އަންނަ އަހަރު ވެގެން ދާނީ ނަތީޖާ ނެރެދެއްވުމުގެ ޢަމަލީ މަސައްކަތްތައް ފެށިގެންދާ އަހަރަށް ކަމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ އދ. އޮމަދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ، ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ އޮމަދޫ ރައްޔިތުންގެ ތަރައްގީއަށް ޓަކައި، ރައްޔިތުން އެދޭ ގޮތަށް ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން، އެ ރަށުގެ ރައްޔިތުންނަށް ދެއްވާފަ އެވެ.

އެމަނިކުފާނު، އެންމެ މުހިއްމު އެއް ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވީ އޮމަދޫ ބަނދަރުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމެވެ. އެގޮތުން ނިމިގެން ދިޔަ އަހަރަކީ، އެކި ސަބަބުތަކާ ހެދި މިފަދަ އެތައް ކަމަކަށް ހައްލު ހޯއްދަވައި ނުދެއްވި ދިޔަ އަހަރެއް ކަމަށާއި މައިގަނޑު ސަބަބަކީ ބަޖެޓްގެ ދަތިކަން ކަމުގައި ރައީސް ވިދާޅުވި އެވެ.

އެކަމަކު، ކުރިއަށް އޮތް 2025 ވަނަ އަހަރަކީ ތަފާތު އަހަރަކަށް ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އޮމަދޫ ރައްޔިތުންގެ ކަންބޮޑުވުން ތަކަށް ހައްލު ލިބިދެނިވި ފަދަ ގޮތަކަށް، ފުރިހަމަ ބަނދަރެއް ހައްދަވައިދެއްވާނެ ކަމުގެ ޔަގީންކަން، އެރަށުގެ ރައްޔިތުންނަށް އެމަނިކުފާނު ދެއްވި އެވެ.

ހަމަ މިއާއެކު އޮމަދޫއަށް ކުރިމަތިވެފައިވާ ރަށްގިރުމުގެ މައްސަލައަށް އަމަލީ ސިފައެއްގައި ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ބަނދަރާއި، ގިރާ ސަރަހައްދުގެ މަޝްރޫއުގައި ސޮއި ކުރެވިފައި އޮތް ނަމަވެސް، އަމަލީ މަސައްކަތެއް ކުރެވިފައި ނެތްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، 2025 ވަނަ އަހަރު، މި ދެ މަޝްރޫއުގެ އަމަލީ މަސައްކަތް، އަހަރުގެ ވީހާ ވެސް ކުރީކޮޅުގައި ފައްޓައިގެން، ކުރިއަށް ގެންދަވާނެ ކަމަށެވެ.

އަންނަ އަހަރު ހިންގަން ކަނޑައަޅާފައިވާ އައު މަޝްރޫއު ތަކުގެ އުސޫލުގައި އިސްކަން ދެނިވި ތަރުތީބުން، އޮމަދޫގެ ތައުލީމާއި ސިއްހީ ދާއިރާ އަދި ކުޅިވަރުގެ ދާއިރާއިން ވެސް ތަރައްގީގެ މަޝްރޫއު ތަކެއް ކުރިއަށް ގެންދަވާނެ ކަމުގެ އުފާވެރި ޚަބަރު އެ މަނިކުފާނު ވަނީ ދެއްވާފަ އެވެ.

ސުކޫލަށް ބޭނުންވާ މަލްޓިޕާޕަސް ހޯލާއި، ކުލާސް ރޫމް ތަކުގެ އިތުރުން، ސިއްހީ މަރުކަޒަށް ބޭނުންވާ އިތުރު ޖާގައާ ވަސީލަތްތައް، އަންނަ އަހަރު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

އެކަންކަމުގެ އިތުރަށް ކުޅިވަރުގެ ރޮނގުން، 2025 ވަނަ އަހަރު، އަންހެން ބޭފުޅުންނަށް ހާއްސަ ހޭންޑްބޯލް ކޯޓެއް ތަރައްގީ ކުރުމާއެކު ކަފުޓުބޯ ޅަދަނޑުގެ މަސައްކަތްތައް ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

5 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy