ވޭޕާއި ޑުރަގުގެ ނުރައްކަލުން މުޖުތަމައު ސަލާމަތް ކުރަންޖެހޭ

ރައީސް ޑރ. މުއިއްޒު އދ. މަހިބަދޫގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ދިވެހި މުޖުތަމައު ތަކަަކީ ވޭޕާއި މަސްތުގެ ވަބާތަކުން ސަލާމަތް ކުރެވިފައި ވާ މުޖުތަމައު ތަކަކަށް ހަދަންޖެހޭ ކަމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ އދ. މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި މީގެ ކުރިން އިލެކްޓްރޯނިކް ސިނގިރޭޓުގެ ނުވަތަ ވޭޕްގެ ވިޔަފާރި ކުރަމުން ގެންދިޔައީ ގާނޫނީ އިމުގެ ތެރެއިން ހުއްދަ އޮވެގެން ނަމަވެސް އެކަމުގެ ސަބަބުން ގައުމަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަމުންދިޔަ ކަމަށެވެ.

ހާލުގެ ދުލުން އެދެމުން ދިޔައީ ގައުމުގެ ދަރިން، ވޭޕްގެ ވަބާއިން ސަލާމަތް ކޮށްދިނުމަށް ކަމުގައި ރައީސް ފާހަގަ ކުރެއްވި އެވެ.

މި މުޖުތަމައު ތަކަކީ ވޭޕާއި މަސްތުގެ ވަބާތަކުން ސަލާމަތްކުރެވިފައި ވާ މުޖުތަމައު ތަކަކަށް ހަދަންޖެހޭކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އޭގެ އިތުރުން ސީއްހީ ގޮތުން ޒުވާނުންނާއި އާންމުން ސަލާމަތްތެރިކަމާ އެކު ތިބެގެން މެނުވީ ހަގީގަތުގައި މި ގައުމަށް ވެސް ކޮށްދެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މުޖުތަމައުގައި ފެތުރިފައި އޮތް ނުރަނގަޅު އާދަ ތަކުން ސަލާމަތް ވެވެން އޮތީ އަޒުމާ އެކު މަސައްކަތް ކޮށްގެން ކަމަށާއި، ގާނޫނުތަކެއް ހެދިފައި ހުރި ނަމަވެސް ފޫނުބެދޭ އެތައް ކަމެއް ހުރި ކަމަށެވެ.

ބަޔަކު ކުށްވެރި ކުރުމަކީ އަދުގެ ސަރުކާރުން އެދޭ ގޮތް ނޫން ކަމަށާއި ބޭނުންފުޅު ވަނީ މަސްތުގެ ވަބާއާއި އެ ނޫންވެސް ގޮތްގޮތުން ކުށުގެވެށީގައި ބަނދެވިފައިވާ މީހުން އެކަންކަމުން ސަލާމަތްކޮށް، ހަމަމަގަށް އެޅުވިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެކަމަކު،ނުބައި ނިޔަތުގައި އެފަދަ ވަބާތައް ފަތުރާ ފަރާތްތަކަށް ހައްގު އަދަބު ލިބެންޖެހޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ބަހިބަދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެ މަނިކުފާނުގެ ކުރިފުޅުމަތީގައި ކޮންމެ ރައްޔިތަކީވެސް ހަމަހަމަ ރައްޔިތެއް ކަމަށް ވިދާޅުވާވިދާޅުވުން ތަކުރާރު ކުރައްވާފަ އެވެ

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

58 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy