ރައީސުލްޖުމުހޫރިއްޔާ އަށް މަހިނބަދޫއިން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފަ / ފޮޓޯ:ރައީސް އޮފީސް
ސިޔާސީ އަވައިގައި ޖެހިގެން ދިވެހިންގެ ތެރޭ ހުރި ރީތި އާދަތައް ގެއްލެމުންދާ ކަމަށާއި އެ އާދަތައް އަލުން އިއާދަކުރަން ޖެހިފައިވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މަހިބަދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ތަރައްގީ އަކީ ހަމައެކަނި އުމްރާނީ ތަރައްގީ ނޫން ކަމަށާއި އުމްރާނީ ތަރައްގީއާ އެކު ފިކުރީ އަދި އިންސާނީ ތަރައްގީ އައުމުން ނޫނީ ގައުމަށް މާނަވީ ތަރައްގީ ނާންނާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ދިވެހިންގެ ތެރޭ އޮތް ރީތި އާދަތައް އިއާދަ ނުކުރެވިއްޖެ ނަމަ "ގައުމެއް ނެތް" ކަމަށެވެ. އަދި އިހުތިރާމު ކުރުމާއި ރީތި ބަހުން ވާހަކަ ދެއްކުން ފަދަ އާދަތައް އިއާދަކުރުމަކީ ގައުމުގެ މުސްތަގުބަލަށްޓަކާ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
ބަވަނަވަމުންދާ ދުނިޔޭގައި އުފެދޭ ނުބައި ކަންތައް ދިވެހިންގެ ތެރެއަށް ވެސް އަންނަ ކަމަށާއި އެކަންކަމުން ސަލާމާތްވާން ޖެހޭ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. މިގޮތުން ވޭޕްގެ ވަބާ އަކީ ގައުމަށް ވަރަށް ބޮޑު ގެއްލުމެއް ވެފައިވާ ކަމެއް ކަމަށާއި، ރައްޔިތުންގެ އެދުމުގެ މަތިން މިއަދުން ފެށިގެން ވޭޕް މަނާކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް