ޗާންސެލަރު ނިހެމާ
އޮސްޓްރިޔާގައި ދިރިއުޅޭ ސޫރިޔާގެ ރެފިއުޖީން އަނބުރާ އެ ޤައުމަށް ދިޔުމަށް 1000 ޔޫރޯ ދިނުމަށް އޮސްޓްރިޔާގެ ސަރުކާރުން ހުށަހަޅައިފިއެވެ.
މި ހުށަހެޅުން އައިސްފައި މިވަނީ ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރު އަލް-އަސަދުގެ ވެރިކަން ނިމުމަކަށް އައިސް، އެ ޤައުމުގައި ހަމަޖެހުން ޤާއިމުވުމުގެ ފުރުސަތު ފަހިވުމާ ގުޅިގެންނެވެ.
އޮސްޓްރިޔާގެ ޗާންސެލަރު ކާލް ނިހެމާ ވިދާޅުވެފައިވަނީ ސޫރިޔާގެ ސަލާމަތީ ހާލަތު ބެލުމަށްފަހު، އޮސްޓްރިޔާގައި ތިބި ސޫރިޔާގެ ރެފިއުޖީން ޤައުމަށް ފޮނުވާލެވޭތޯ ބަލާނެ ކަމަށެވެ. ނަމަވެސް މިކަން ކުރެވޭނީ ރެފިއުޖީންގެ ރުހުމާއެކު ކަމަށް އޮސްޓްރިޔާއިން ބުނެފައިވެއެވެ.
ޗާންސެލަރު ނިހެމާ ވިދާޅުވެފައިވަނީ ސޫރިޔާއަށް މިހާރު ބޭނުންވަނީ ޤައުމު އަލުން ބިނާކޮށް އާރާސްތު ކުރާނެ ރައްޔިތުންތަކެއް ކަމަށެވެ. އެހެންކަމުން، އޮސްޓްރިޔާގައި ތިބި ސޫރިޔާގެ ރައްޔިތުންގެ ތެރެއިން ޤައުމަށް އެނބުރި ދާން ބޭނުންވާ މީހުންނަށް ފައިސާގެ ހަދިޔާއެއް ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް މި ހުށަހެޅުން ޤަބޫލުކުރާނީ ކިތައް ރެފިއުޖީން ކަމެއް އަދި ސާފެއް ނޫނެވެ. އަދި ސޫރިޔާއަށް އެނބުރި ދިޔުމަށް ކުރާ ދަތުރަށް އެކަނި ވެސް މި ފައިސާއިން ފުދޭނެކަމާ މެދު ޝައްކު އުފެދެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް