އިޒްރޭލުން ނުސައިރަތު ރެފިއުޖީ ކޭމްޕަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރި ކޮށްފި

ގާޒާގެ ނުސައިރަތު ރެފިއުޖީ ކޭމްޕަށް ޔަހޫދީން ދިން ހަމަލާގައި ޝަހީދުވި މީހުންގެ ޖަނާޒާ -- ފޮޓޯ/ އަލްޖަޒީރާ

ހައްދުފަހަނައަޅާފައިވާ ޔަހޫދީ އިޒްރޭލު ސިފައިން ގާޒާގެ ނުސައިރަތު ރެފިއުޖީ ކޭމްޕަށް ދިން ހަމަލާ އާއި ހިންގި ގަތުލުއާއްމު ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

ޔަހޫދީ ސިފައިން ގާޒާގެ ނުސައިރަތު ރެފިއުޖީ ކޭމްޕަށް މިދިޔަ ހުކުރު ދުވަހު ދިން ހަމަލާގައި 50 މީހުން ޝަހީދުކޮށްލައި، އެތައް ބަޔަކު ޒަހަމް ކޮށްލާފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެ އެވެ.

އިޒްރޭލުގެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ބުނަނީ ބައިނަލްއަގްވާމީ ގާނޫނު ތަކާއި ބައިނަލްއަގްވާމީ އިންސާނިއްޔަތާ ބެހޭ ގާނޫނު ތަކާ ހިލާފަށް، އާންމުންނަށް އަމާޒުކޮށް އިސްރާއީލުން ދޭ މިފަދަ ހަމަލާ ތަކުގެ ސަބަބުން ގައްޒާގެ އިންސާނީ ހާލަތު އިންތިހާއަށް ގޯސްވެފައިވާ ކަމަށެވެ.

މިފަދަ ޢަމަލުތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ހަރުހަދާ އަދި އަވަސް ފިޔަވަޅު ތަކެއް އަޅަން ޖެހޭ ކަމަށް ރާއްޖެއިން ބުނެފައިވެ އެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އަދުލު އިންސާފު ހޯދުމަށާއި އެ ގައުމުގައި މިނިވަން ދައުލަތެއް ގާއިމު ކުރުމަށް ކުރާ މަސައްކަތުގައި ފަލަސްތީނުގެ ރައްޔިތުންނާ އެކު ރާއްޖެއިން އަބަދު ވެސް ދެމި އޮންނާނޭ ކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް ސަރުކާރުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

16 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy