ގުރައިދޫގައި 4 މަހުގެ ކުއްޖަކު މަރުވި މައްސަލަ ބެލުމަށް އޮޓޮޕްސީ ހަދަން ނިންމައިފި

ކ.ގުރައިދޫ

ކ. ގުރައިދޫގައި 4 މަހުގެ ކުއްޖަކު މަރުވި ގޮތާ މެދު ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން، އޮޓޮޕްސީ ހެދުމަށް ފުލުހުން ނިންމައިފި އެވެ.

ފުލުސް އޮފީހުން މަޢުލޫމާތު ދިން ގޮތުގައި މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު ކަމަށާއި، އޮޓޮޕްސީ ހެދުމަށްޓަކައި ކުއްޖާގެ ހަށިގަނޑު ރާއްޖޭން ބޭރަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ގުރައިދޫ ކައުންސިލްގެ އޮފިޝަލަކު މަޢުލޫމާތު ދެއްވި ގޮތުގައި ކުއްޖާ މަރުވެފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އަދި ރަށުގެ ޞިއްޙީ މަރުކަޒަށް ކުއްޖާ ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.

ކުއްޖާގެ ހަށިގަނޑު މާލެ ގެންދިޔައީ ފުލުހުންގެ ލޯންޗެއްގައި ކަމަށް އެ އޮފިޝަލް މަޢުލޫމާތު ދެއްވިއެވެ. އަދި ކުއްޖާ ވަޅުލުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ފުލުހުން އެކަން ހުއްޓުވައި މައްސަލަ ބެލުމަށް ނިންމި ކަމަށްވެސް އެ އޮފިޝަލް ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ ދެމަފިރިއެއްގެ ތިންވަނަ ދަރިފުޅެވެ. އެ ކުއްޖާ ނިޔާވެފައި އޮތް އިރު ނޭފަތުން ލޭ އައިސްފައި ހުރި ކަމަށް އެނގިފައިވެ އެވެ. މި މައްސަލައިގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމާ ގުޅިގެން ފުލުހުން ވަނީ ތަޙުޤީޤު ފަށައި، އިތުރު މަޢުލޫމާތު ހޯދުމަށް އޮޓޮޕްސީ ހެދުމަށް ނިންމާފައެވެ.

މި ހާދިސާއާ ގުޅިގެން ރަށުގެ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މައްސަލައިގެ ޙަޤީޤަތް އަވަހަށް ހާމަކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައިވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

41 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy