ރާއްޖެ ފަދަ ގައުމު ތަކަށް ބައިނަލްއަގުވާމީ މާލީ އެހީތެރިކަމާއި އެއްބާލުން މުހިންމު: ޒަމީރު

މިނިސްޓަރު ޒަމީރު ގްލޯބަލް އިކޮނޮމިކް ޕޮލިސީ ފޯރަމުގައި / ފޮޓޯ: ފިނޭންސް މިނިސްޓްރީ

މެދުއިރުމަތި ހިމެނޭގޮތުން ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ހިންގަމުން އަންނަ ހަނގުރާމައިގެ ސަބަބުން ވިޔަފާރި އާއި އިގުތިސާދަށް ދިމާވެފައިވާ ގެއްލުންތަކުން އަރައިގަތުމަށް ރާއްޖެ ފަދަ ކުދި ގައުމު ތަކަށް ބޭރުގެ މާލީ އެހީ ފޯރުކޮށްދިނުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

އިންޑިއާގައި މި އަހަރުގެ ގްލޯބަލް އިކޮނޮމިކް ޕޮލިސީ ފޯރަމުގައި ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ، އެކިއެކި ހަނގުރާމަ ތަކުގެ ސަބަބުން ތެލާއި ކާބޯތަކެތީގެ އަގު އުފުލިި، އެކަމުގެ ސަބަބުން ރާއްޖެއަށް ވެސް މާލީ ގޮތުން ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ކޮވިޑާ ހެދި ދުނިޔޭގެ ގިނަ ގައުމު ތަކުން ދަރަނި ނަގަން މަޖުބޫރުވި ކަމަށާއި މިހާރު އެ ގައުމު ތަކަށް ކުރިމަތިވެގެން އުޅެނީ އެ ދަރަނިތައް ބަލަހައްޓައިގެން މެނޭޖު ކުރުމުގެ މައްސަލަ ކަމަށެވެ. އަދި ވިދާޅުވީ ދަރަނި ބޮޑުވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުން ތަކުން އެންމެ ނާޒުކު ހާލަތުގައި ދިރިއުޅެމުން އަންނަ ފަރާތްތައް ރައްކައުތެރި ކުރާން ޖެހޭ ކަމަށެވެ.

މި ފޯރަމްގައި މިނިސްޓަރު ޒަމީރު ވަނީ، ދަރަނި ބެލެހެއްޓުމާއި އާމްދަނީ އިތުރު ކުރުމަށް ދެމެހެއްޓެނިވި ގޮތް ތަކެއް ހޯދާން ޖެހޭ ކަން ފާހަގަ ކުރައްވާފަ އެވެ.

ޒަމީރު ވިދާޅުވީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ މިންވަރު އިތުރުކޮށް، މޫސުމީ ބަދަލު ތަކުން އަރައިގަނެ ތަރައްގީ ގެނައުމަށް ކުރަމުންދާ މަސައްކަތް ތަކުގައި ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވާން ބޭރު ގައުމު ތަކުގެ އެހީތެރިކަން މުހިންމު ކަމަށެވެ.

ފިނޭންސް މިނިސްޓަރު އިތުރަށް ވިދާޅުވީ، ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތަ އަކީ އިއާދަ ކުރަނިވި ހަކަތައަށް ބަދަލު ކުރަން އަމާޒު ހިފާފައިވާއިރު، މިފަދަ ލަނޑުދަނޑިތައް ހާސިލް ކުރަން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ކޮމެންޓް

team

ރައީސް ދެއްވަނީ ޖާގައާ ވަސީލަތުގެ ގޮތުން އެމްއެންޔޫއަށް ކުރިއެރުން ހޯދަދޭނެ ކަމުގެ ޔަގީންކަން

30 މިނިޓު ކުރިން
team

ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި

8 ގަޑިއިރު ކުރިން
team

ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

11 ގަޑިއިރު ކުރިން
team

ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް

12 ގަޑިއިރު ކުރިން
team

މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް

13 ގަޑިއިރު ކުރިން
team

މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި

1 ދުވަސް ކުރިން
team

ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް

1 ދުވަސް ކުރިން
team

ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު

1 ދުވަސް ކުރިން
team

ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ

1 ދުވަސް ކުރިން
team

ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ

1 ދުވަސް ކުރިން
team

ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި

1 ދުވަސް ކުރިން
team

ޒަރީރު އޮޅުންފިލުވައިދިނީ ތާރީޙު: ބަލްފޯ ޑިކްލަރޭޝަނަކީ މައްސަލައިގެ ފެށުން!

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy