ކުންފުނީގެ މުވައްޒަފުންނަކީ ގައުމަށް ދިމާވާ ބޮޑެތި ކަންކަމުގައި ނަމޫނާ ދައްކާ ބައެއް: ސްޓެލްކޯ

ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ -- ފޮޓޯ/ ރައީސް އޮފީސް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ މުވައްޒަފުންނަކީ ގައުމަށާއި ރައްޔިތުންނަށް ދިމާވާ ކޮންމެ ކަމަކީ ގައުމީ ޒިންމާއެއްގެ ގޮތުގައި ދެކި، ނަމޫނާ ދައްކަމުންދާ ފަހުރުވެރި މުވައްޒަފުންތަކެއް ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ސްޓެލްކޯއިން މިހެން ބުނެފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި އަނދާ ހުލިވި ތިން މިނިސްޓްރީގެ މަސައްކަތް ވަގުތީ ގޮތުން ދަރުބާރުގޭގައި ފެށުމަށް ޓަކައި އެ ތަންތަނަށް ބޭނުންވާ ކަރަންޓު ލުމުގައި އެ ކުންފުނީގެ މުވައްޒަފުން އަންނަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ.

ގައުމީ ކަރަންޓު ފުންފުނި، ސްޓެލްކޯއިން ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ހިދުމަތް މެދުކެނޑިފައިވާ ތިން މިނިސްޓްރީގެ މަސައްކަތްތައް އަލުން ފެށުމަށް ޓަކައި، ދަރުބާރުގޭގައި އެ ކުންފުނީގެ މުވައްޒަފުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެހެންވެ، ސްޓެލްކޯއިން ވަނީ އެ ކަންކަމުގެ ތެރެއިން ކަރަންޓާ ގުޅުން ހުރި އެންމެހައި މަސައްކަތް ތަކާއި، އެހެނިހެން ދާއިރާ ތަކުން އެހީތެރިކަން ބޭނުންވާ ކަންކަމުގައި ކުންފުނީގެ މުވައްޒަފުން ދެމުން ގެންދާ އެހީތެރި ކަމަށް އިހުލާސްތެރިކަމާ އެކު ޝުކުރު ދަންނަވާފަ އެވެ.

"މި ކުންފުނީގެ މުވައްޒަފުންނަކީ ގައުމަށާއި ރައްޔިތުންނަށް ދިމާވާ މިފަދަ ކޮންމެ ކަމަކީ ގައުމީ ޒިންމާއެއްގެ ގޮތުގައި ދެކި، ނަމޫނާ ދައްކަމުންދާ ފަހުރުވެރި މުވައްޒަފުންތަކެއް" ސްޓެލްކޯއިން ބުންޏެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު 6:30 ހާއިރު ހައުސިން މިނިސްޓްރީ ހިންގަމުން އަންނަ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ރޯވި އަލިފާން، ފެތުރި އެ އިމާރާތް ވަނީ އަނދާ އަޅިއަށް ވެފަ އެވެ. އަދި އެންވަޔަރުމެންޓް މިނިސްޓްރީ ހިންގައި "ގްރީން ބިލްޑިން"އަށް އެ އަލިފާން ފެތުރި އެ އިމާރާތުގެ ބޮޑު ބައެއް ވެސް ވަނީ އަނދާފަ އެވެ.

އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ޓީމުގެ މަސައްކަތުން އެ އަލިފާން ނިއްވައިލެވުނީ ހަތަރު ގަޑިއިރު ފަހުންނެވެ. އޭރު ވަނީ  މުޅި ތަން އަނދައި ހުލިވެފަ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

16 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy