އިބްތިދާއީ ސިއްހީ ހިދުމަތުގެ ނިޒާމު ރ. އަތޮޅުގައި ފަށައިފި

ޕްރޮގްރާމު ފެށުމުގެ ހަރަކާތުގައި ސިއްހަތާއި ބެހޭ ވަޒީރު ބައިވެރިވެ ވަޑައިގަންނަވަނީ

ޕްރައިމަރީ ހެލްތު ކެއަރ ނުވަތަ އިބްތިދާއީ ސިއްޙީ ޚިދުމަތުގެ ނިޒާމު ދިރުވާ އާލާކުރުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމް ރ. އަތޮޅުގައި ފަށައިފިއެވެ.

މި ޕްރޮގްރާމް އެ އަތޮޅުގައި ފަށްޓަވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމެވެ.

މި ނިޒާމަކީ ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް މަދުކޮށް، އެ ބަލިތައް އަވަހަށް ދެނެގަނެ، ރައްޔިތުންނާ ގާތުން ފެންވަރު ރަނގަޅު ވަށާޖެހޭ ޚިދުމަތެއް ފޯރުކޮށްދިނުމަށް ފެށި ޕްރޮގްރާމެކެވެ. މިއަހަރުގެ ތެރޭގައި 5 އަތޮޅެއްގައި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވާއިރު، 2025 ވަނަ އަހަރު ރާއްޖޭގެ ހުރިހާ އަތޮޅަކަށް މި ޕްރޮގްރާމް ފުޅާކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

މި ޕްރޮގްރާމުގެ ދަށުން 18 އަހަރުން މަތީގެ ކޮންމެ ރައްޔިތެއްގެ މެޑިކަލް ހިސްޓްރީ ނެގުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސިއްޙީ ޚިދުމަތްތެރިން ގޭގެއަށް ޒިޔާރަތްކޮށް، ސިއްޙީ މަޢުލޫމާތު ފޯރުކޮށްދީ، އެކިއެކި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ލަފަޔާއި އިރުޝާދު ދޭނެއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން އިރުޝާދު ދެއްވާ ގޮތުގައި، އިބްތިދާއީ ސިއްޙީ ނިޒާމަކީ ރައްޔިތުންނާ ގާތުން ހަމަހަމަކަމާއެކު ސިއްޙީ ޚިދުމަތް ދިނުމަށް އެންމެ އިތުބާރު ހުރި ނިޒާމެވެ. މި ނިޒާމު ތަންފީޒުކުރުމަށް އަތޮޅުތަކަށް ދަތުރުކުރާ ޓީމުގައި ސިއްޙީ ދާއިރާގެ ފަންނީ އަދި ތަޖުރިބާ ލިބިފައިވާ ބޭފުޅުން ހިމެނޭކަމަށް ސިއްޙަތާބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

37 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy