ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ -- ސަން ފޮޓޯ
ވެރިއެއްގެ ފަހަތުގައި ސާބިތުވެ އޮތުމުގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ލީޑާޝިޕަށްވުރެ، ވަކީން ވަރުގަދަ ލީޑާޝިޕެއް ރާއްޖެ މިހާތަނަށް ދެކެފައި ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޑރ. މުއިއްޒު އާއި ޕީއެންސީގެ ލީޑާޝިޕާ ދެމެދު އޮތީ ވަރަށް އެކުވެރި ބަދަހި ގުޅުމެއް ކަމަށެވެ.
އަދުރޭ ވިދާޅުވީ ޕީއެންސީގެ ލީޑާޝިޕް އޮތީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރަކީ ރައްޔިތުންގެ ލޯތްބާއި ރުހުން އެންމެ ބޮޑަށް ލިބޭ ސަރުކާރަށް ހެދުމަށް ޓަކައި އެކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ.
"ވެރިއެއްގެ ފަހަތުގަ ސާބިތުވެ އޮތް ލީޑާޝިޕެއް އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ ލީޑާޝިޕަށްވުރެ ވަކިން ވަރުގަދަ ލީޑާޝިޕެއް މި ރާއްޖޭގައި މިހާތަނަށް ދެކެފައެއް ނޯންނާނެ. އަދި ކުރިއަށް އޮތް ތަނުގައި ނުވެސް ދެއްކޭނެ،" އަދުރޭ ވިދާޅުވި އެވެ.
"ބަދަހިކަމާ އެކު މިތިބީ އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ބައިބައި ނުކުރޭނެ. ރައްޔިތުންނަށް ހަމަ ދޭން ބޭނުންވާ މެސެޖަކީ ރައްޔިތުންނަށް އަޅުގަނޑުމެން ދައްކައިދޭނަމޭ މި ޕާޓީ ނިޒާމުގައި ޕާޓީއާ ސަރުކާރާ އޮންނަ ގުޅުން ކިތަންމެހާވެސް ރަނގަޅަކަށް،"
ނަވާރަ ވަނަ މަޖިލީހާއި ވިހި ވަނަ މަޖިލީގެ ތަފާތު ކިޔައިދެއްވަމުން އަދުރޭ ވިދާޅުވީ މި މަޖިލީހުގައި ހުރިހާ މެމްބަރުންނަށް ހަމަ ހަމަ ފުރުސަތު ލިބޭނެ ކަމަށާއި އޭގެ އިތުރުން ސަރުކާރަށް ޖެއްސުމެއް ނުކުރާނެ ކަމަށެވެ. އަދި ތަޅާފޮޅާ ގަޔަށްބޮލާ އަރާ މަންޒަރު އަމުދުން ފުންނާނެ ކަމަށް ވިދާޅުވި އެވެ.
"ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގަ މާރާމާރީ ހިންްގައި ބައެއް އިއްޒަތްތެރި މެމްބަރުންގެ ގަމީސްކޮޅު ވީދައިގެން ގޮސް، ކޯޓު ކޮޅު އިރައިގެންގޮސް، ގައިން ލޭ އޮހޮރި މިފަދަ ކަންތައްތައް ހިނގާފައި އެބަހުރި. އެކަންކަން ހިނގާކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން،"
ގާނޫނު އަސާސީއަށް އިސްލާހު ގެނައި ދުވަހު އިދިކޮޅު އެމްޑީޕީ މެމްބަރުން ތަޅުމުގައި އަޑުގަދަ ކުރެއްވި ކަން ފާހަގަ ކުރައްވައި އަދުރޭ ވިދާޅުވީ ރިޔާސަތުން އެ 12 މެމްބަރުގެ ނަން އިއްވައި ނެރުމުގެ ފުރުސަތު އެމަނިކުފާނަށް އެވަގުތުގައި އޮތް ކަމަށެވެ.
އެކަމަކު އިހުތިޔާރު ކުރެއްވީ އެ ގޮތް ނޫން ކަމަށާއި އެ މެމްބަރުންނަށް ވެސް ބޭނުން ވަރަކަށް ޝުއޫރު ފައުޅު ކުރެއްވުމުގެ ފުރުސަތު ދެއްވި ކަމަށާއި އަދި ތަފާތަކީ އެއީ ކަމުގައި އަދުރޭ ވިދާޅުވި އެވެ.
ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި
ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި
ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް
މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް
މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި
ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް
ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު
ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ
ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި
ޒަރީރު އޮޅުންފިލުވައިދިނީ ތާރީޙު: ބަލްފޯ ޑިކްލަރޭޝަނަކީ މައްސަލައިގެ ފެށުން!
ޒަކާތުގެ ޝަރުއީ މަގުސަދު ހާސިލު ކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރީން، މުދަލު ޒަކާތް އަދާކޮށްގެން: ހުތުބާ
ކޮމެންޓް