ސީ-ޓު-އެއާ ކާގޯ މިހާރު ތިން ގައުމަކުން ގެނެސް އެހެން ގައުމު ތަކަށް އެކްސްޕޯޓް ކުރޭ

ސީ-ޓު-އެއަރ ކާގޯ ގެ ޚިދުމަތް ދަނީ ފުޅާވަމުން

ސީ-ޓު-އެއަރ ކާގޯގެ ގޮތުގައި ދުނިޔޭގެ ތިން ޤައުމަކުން ގެންނަ މުދާ މިހާރު ރާއްޖެއިން އެހެން ޤައުމުތަކަށް އެކްސްޕޯޓްކުރަމުންދާކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތަކީ ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމުގައި ވަރަށް މުހިންމު ޚިދުމަތެއްކަމަށެވެ. މި ޚިދުމަތް ފެށުނީ އެންމެ ފުރަތަމަ ޓާކިޝް އެއަރލައިންސްއާއެކު ބަންގްލަދޭޝްއިން އެކަނި ކަމަށާއި، މިހާރު 11 އެއަރލައިނަކުން މި ޚިދުމަތް ދެމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މިހާރު ބަންގްލަދޭޝްއިން އެކަންޏެއްނޫން އަންނަނީކީ އިންޑިއާއިން ލަންކާއިންވެސް އެބައާދޭ," ޝަރީފް ވިދާޅުވިއެވެ.

ސީ-ޓު-އެއަރ ކާގޯ ޚިދުމަތަކީ ރާއްޖެއަށް ކަނޑުމަގުން ގެންނަ މުދާ ރައްކާތެރިކަމާއެކު ބޭނުންވާ މަންޒިލަށް ވައިގެ މަގުން އަވަހަށް ފޯރުކޮށްދިނުމަށް، އެމް.ޕީ.އެލް، އެމްއޭސީއެލް، ކަސްޓަމްސް އަދި އެމްއެސްއެސް ގުޅިގެން ފަށާފައިވާ ޚިދުމަތެކެވެ.

މި ޚިދުމަތް މެއި މަހު ފެށުނު ފަހުން މިހާތަނަށް 3 މިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު ރާއްޖޭގެ އިޤްތިޞާދަށް ވަދެފައިވާކަން ކުރިން ހާމަކޮށްފައިވެއެވެ. ޝަރީފް ވިދާޅުވީ މި ޚިދުމަތް އިތުރަށް ފުޅާކުރެވިއްޖެނަމަ، ރާއްޖެއަށް އިތުރު ބޭރުފައިސާ ވެއްދުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

24 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy