ދަރުބާރުގެ
އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ތިން ވުޒާރާގެ މަސައްކަތްތައް ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މި ހާދިސާގައި އެންމެ ބޮޑަށް ގެއްލުން ލިބުނީ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއާއި އިމާރާތްކުރުމާއި ބިނާވެށްޓާބެހޭ ވުޒާރާއަށެވެ.
ގެދޮރުވެރިކަމާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، ތިން ވުޒާރާގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަގުތީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. އަދި ވީހާވެސް އަވަހަކަށް ޚިދުމަތްތައް އަލުން ފެށުމަށް ވުޒާރާތަކުން މަސައްކަތް ކުރަމުންދާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
އަލިފާނުގެ ހާދިސާގައި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވުޒާރާއަށްވެސް ވަނީ ގެއްލުން ލިބިފައެވެ. މި ވުޒާރާ ހިންގަމުން އައީ އަނދައިގެންދިޔަ އިމާރާތާ އިންވެގެން ހުރި ގްރީން ބިލްޑިންގްގައެވެ.
މި ތިން ވުޒާރާގެ މަސައްކަތްތައް ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކުރަން ނިންމުމާ ގުޅިގެން، ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައެއް ޙަފްލާތައް ވަނީ ފަސްކޮށްފައެވެ. މީގެ ތެރޭގައި މަސްވެރިންގެ ދުވަހުގެ ޖަލްސާއާއި ރެހެންދި އެވޯޑް ހަފްލާ ހިމެނެއެވެ.
ވުޒާރާތަކުގެ މަސައްކަތްތައް ހުއްޓިފައިވާއިރު، އަވަސް މުއްދަތެއްގެ ތެރޭގައި ޚިދުމަތްތައް އަލުން ފެށުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އަލިފާނުގެ ހާދިސާއިން ލިބުނު ގެއްލުންތަކުގެ ތަފްޞީލު އަދި ސާފުވެފައި ނުވިނަމަވެސް، ވުޒާރާތަކުގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ސަރުކާރުން ދަނީ އިސްކަންދެމުންނެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް