އުނގޫފާރު ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފި

ޞިއްޙަތާ ބެހޭ ވަޒީރު ވަޒީރު ޢަބްދުﷲ ނާޡިމް

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި އެމްއާރުއައިގެ ޚިދުމަތް ފެށުމާއެކު، އެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށިގެން ގޮސްފިއެވެ.

މިކަން އިޢުލާންކުރެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި އެމްއާރުއައިގެ ޚިދުމަތް ފެށުން ފާހަގަކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި ޚިދުމަތް ފެށުމަކީ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ ފުރަތަމަ މަރުޙަލާ ކަމަށެވެ.

ވަޒީރުގެ ވާހަކަފުޅުގައި، ސަރުކާރުގެ ސިއްޙީ ސިޔާސަތުގެ މައިގަނޑު އަމާޒަކީ ބަލިޖެހުމުގެ ކުރިން ބަލިން ރައްކާތެރިވެ ތިބޭ ބަޔަކަށް ދިވެހިން ހެދުން ކަމަށް ވިދާޅުވިއެވެ. މި ގޮތުން، ޕްރައިމަރީ ހެލްތު ކެއަރ ނިޒާމު ރަށްރަށުގައި ޤާއިމްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި މިހާރު އެމްއާރުއައިގެ ޚިދުމަތާއެކު ޕީއާރުޕީގެ ޚިދުމަތްވެސް ފަށާފައިވެއެވެ. މި ޚިދުމަތްތަކަކީ ހަށިގަނޑުގެ ކޮންމެ ގުނަވަނަކަށް ދިމާވެފައިވާ ގެއްލުމެއް ބަލައި، ހަލާކުވެފައިވާ ޓިޝޫތައް ރަނގަޅުކުރުމަށް ދެވޭ ފަރުވާގެ ޚިދުމަތްތަކެކެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަކީ އަތޮޅުގެ ގިނަ އަދަދެއްގެ ރައްޔިތުން ޚިދުމަތް ހޯދާ ތަނެކެވެ. މި ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީވުމުން، އަތޮޅުގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތެއް ގާތުން ލިބިގެންދާނެއެވެ.

މިހާރު 40 އަހަރު ވެފައިވާ މި ހޮސްޕިޓަލުގައި ގިނަ ޚިދުމަތްތަކެއް ވަނީ ޤާއިމްކޮށްފައެވެ. މީގެ ތެރޭގައި ހިތުގެ ބަލިތަކުގެ ފަރުވާއާއި، މެމޯގްރަފީ، ސީޓީ ސްކޭން، ދަތުގެ ފަރުވާ އަދި އީއެންޓީގެ ޚިދުމަތް ހިމެނެއެވެ. މި ހުރިހާ ޚިދުމަތްތަކެއްވެސް ދެނީ ޒަމާނީ ވަސީލަތްތަކާއެކުގައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy