ޔުނައިޓެޑް އަދި ޓޮޓެންހަމް ޔޫރޮޕާ ލީގުގައި ކުރިއަށް

މެން ޔޫއިން ލަނޑު ޖެހުމަށްފަހު އުފާފާޅު ކުރަނީ

ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ ކުޅުނު މެޗުތަކުގައި މެންޗެސްޓާ ޔުނައިޓެޑް އިން ވިކްޓޯރިއާ ޕްލެޒެން އަތުން 2-1 އިން މޮޅުވި އިރު، ޓޮޓެންހަމް ހޮޓްސްޕާސް އިން 1-1 އިން ރޭންޖާސްއާ އެއްވަރުކޮށްފިއެވެ.

ވިކްޓޯރިއާ ޕްލެޒެން އާއި ޔުނައިޓެޑް ދެމެދު ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނެގީ ޕްލެޒެން އެވެ. އެޓީމަށް މި ލަނޑު ކާމިޔާބު ކޮށްދިނީ ދެވަނަ ހާފުގެ ކުރީކޮޅު ޔުނައިޓެޑްގެ ގޯލްކީޕަރު އަންދްރޭ އޮނާނާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ކުރީގެ ބާންލީ ފޯވާޑް މަޓޭޔާ ވީޑްރާ އެވެ.

ނަމަވެސް، ޔުނައިޓެޑުން ވަނީ  ޑެންމާކުގެ ފޯވާޑް ރަސްމުސް ހޮއިލުންޑްގެ ދެ ގޯލާއި އެކު ފަހަތުން އަރާ 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މި މެޗުގައި އޭނާ ކުޅެން އަރާފައި ވަނީ ބަދަލު ކުލުންތެރިއެއްގެ ގޮތުގައެވެ. އަދި   މި ދެ ލަނޑާއި އެކު މި މުބާރާތުގައި ހޮއިލުންޑް މިހާތަނަށް މިވަނީ ފަސް ގޯލު ޖަހާފައެވެ.

ރުބެން އަމޮރިމް ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވި ފަހުން އެ ޓީމުން ޔޫރޮޕާ ލީގުގައި ކުޅުނު ދެ މެޗުންވެސް މޮޅުވެފައިވެއެވެ. މިހާރު ޔުނައިޓެޑް ވަނީ ހަ މެޗުން 12 ޕޮއިންޓް ހޯދައި، ހަތްވަނަ އަށް އަރާފައެވެ. މި ނަތީޖާއާއެކު ޔުނައިޓެޑް އަށް ވަނީ ޔޫރޮޕާ ލީގުގެ ގަދަ 16 ބުރަށް ސީދާ ގޮތުން ކޮލިފައިވުމުގެ ފުރުސަތު އިތުރުވެފައެވެ.

އަނެއް މެޗުގައި އަށްވަނައިގައި އޮތް ޓޮޓެންހަމް އާއި ނުވަވަނައިގައި އޮތް ރޭންޖާސް ދެމެދު ކުޅުނު މެޗު ދިޔައީ ވަރަށް ފޯރިގަދަކޮށެވެ. ދެވަނަ ހާފު ފެށިތާ 81 ސިކުންތު ތެރޭގައި ރޭންޖާސް އަށް ލީޑު ނަގައިދިނީ ހަމްޒާ އިގަމާނޭ އެވެ. ނަމަވެސް މެޗުގެ 75 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ޑޭޖާން ކުލުސެވްސްކީ އިން ޖެހި ގޯލަކުން މެޗު ނިމުނީ 1-1 އިން އެއްވަރުވެފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

39 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy