އެމްޑީޕީގެ ޗެއާ ޕާސަން ފައްޔާޒު އިސްމާއީލް -- ފޮޓޯ/ ރައީސް އޮފީސް
ހުޅުމާލެއިން ހައިވޭއަށް އަރާ ސަރަހައްދު، ބަންދުވާ ގޮތަށް މުޒާހަރާ ކޮށްގެން ރޭ ހައްޔަރު ކުރި ޓެކްސީ ޑްރައިވަރުންނާއި ޓޯ ކުރި އުޅަނދުތައް ދޫކޮށްލަން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ގޮވައިލައްވައިފި އެވެ.
ވެހިކަލް ތަކަށް ހައިވޭ އަށް ނޭރޭ ގޮތަށް ޓެކްސީ ޑްރައިވަރުން މަގު ބަންދު ކުރީ ރޭ 9:00 ހާއިރު އެވެ.
އެކަމަކު، ގިނައިރުތަކެއް ނުވަނީސް ފުލުހުންގެ ކޮންޓްރޯލްގެ ދަށަށް އެތަން ގެނެސް، މުޒާހަރާގައި އިސްކޮށް އުޅުނު ބައެއް މީހުން ހައްޔަރު ކުރި އެވެ. އަދި މަގު ބްލޮކު ކުރި ޓެކްސީތައް ޓޯ ވެސް ކުރި އެވެ.
މިކަމާ ގުޅުވައި، ޓްވިޓާގައި ކުރެއްވި ޕޯސްޓުގައި ފައްޔާޒު ވަނީ ސަރުކާރުން ޓެކްސީ ލައިނެއް ފެށުމާ މެދު ހިތްހަމަނުޖެހުން ފައުޅު ކުރުމަށް އިހުތިޖާޖު ކުރި ޓެކްސީ ޑްރައިވަރުން ތަކެއް ހައްޔަރުކޮށް ކާރުތައް ޓޯ ކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުން ފައުޅު ކުރައްވާފަ އެވެ.
ފައްޔާޒު ވިދާޅުވީ އިހުތިޖާޖު ކުރުމަށް ޓަކައި ހަޅުތާލު ކުރުމަކީ ކޮންމެ މީހަކަށް ގާނޫނު އަސާސީން ކަށަވަރު ކޮށްދޭ ހައްގެއް ކަމަށެވެ.
"ހަޅުތާލު ކޮށްގެން ހައްޔަރު ކުރި ހުރިހާ ޓެކްސީ ޑްރައިވަރުން ދޫކޮށްލައި ޓޯކުރި ވެހިކަލްތައް ވެރިފަރާތްތަކާ ހަވާލު ކުރުމަށް ގޮވާލަން" ފައްޔާޒު ވިދާޅުވި އެވެ.
ފުލުހުން ބުނެފައި ވަނީ ޓޯކުރީ ހުޅުމާލެއިން މާލެ އަންނަން އޮންނަ ހައިވޭއަށް އަރާ މަގު ބަންދުވާ ގޮތަށް އެތަނުގައި ބޭއްވި 22 ކާރު ކަމަށެވެ. އަދި އެތަނުން ތިން މީހަކު ހައްޔަރު ކުރި ކަމަށެވެ.
ހައްޔަރުކުރި ތިން މީހުން ކޯޓަށް މިއަދު ގެންދިއުމުން އެތަނުން އެކަކު، ޝަރުތު ކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށާއި އަނެއް ދެ މީހުން ފަސް ދުވަހަށް ބަންދު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް