މަޖިލިހުން މި ދައުރުގައި ވަނީ މުހިއްމު ބިލްތަކެއް ފާސްކޮށްފައި
ރިސޯޓުތަކުން ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް "ބޭރު ފައިސާގެ ބިލު" ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވި 67 މެންބަރުންގެ ތެރެއިން 56 މެންބަރުންގެ ތާއީދާ އެކުގައެވެ. 11 މެންބަރުން ވަނީ ބިލާ ދެކޮޅަށް ވޯޓު ދެއްވާފައެވެ.
ބިލުގައި ރާއްޖޭގެ ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު ނުވަތަ އާމްދަނީގެ 20 ޕަސެންޓް މާރުކުރުމުގެ އިޚްތިޔާރު ދީފައިވެއެވެ. ގެސްޓުހައުސް، ސަފާރީ އަދި ހޮޓާތަކަށް ދީފައިވާ އިޚްތިޔާރަކީ މަހެއްގެ ތެރޭގައި އަންނަ ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަހަކު ލިބޭ ބޭރު ފައިސާގެ އާމްދަނީން 20 ޕަސެންޓް މާރުކުރުމެވެ.
ފަތުރުވެރިކަމުގެ ޚިދުމަތް ދޭ ތަންތަނުގެ އިތުރުން، މާލީ އިދާރާތައް ފިޔަވައި އެހެން ފަރާތްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޚިދުމަތާއި މުދަލަކަށް ފާއިތުވި އަހަރުގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 15 މިލިއަން ޑޮލަރަށް ނިސްބަތްވާ އަދަދެއް ލިބޭ ފަރާތްތައް ވެސް މަހަކު ލިބޭ ބޭރު ފައިސާގެ އާމްދަނީއިން 20 ޕަސެންޓް މާރުކުރަން ޖެހޭނެއެވެ.
ކޮމިޓީން ބިލަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި ފަތުރުވެރިން ހިސާބުކުރުމުގައި 12 އަހަރު ފުރިހަމަނުވާ ކުދިން އިސްތިސްނާ ކުރުން ހިމެނެއެވެ. މި ބިލަކީ މިދިޔަ އޮކްޓޯބަރުގައި އަމަލުކުރަން ފެށި ރާއްޖޭގައި ބޭރު ފައިސާއިން މުއާމަލާތް ކުރުމުގެ އާ ގަވާއިދަށް ޤާނޫނީ ބާރު ދިނުމަށް އެކުލަވާލާފައިވާ ބިލެކެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް