އަލިފާނުގެ ހާދިސާގައި މިނިސްޓްރީތަކަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައި
ހައުސިންގ މިނިސްޓްރީގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ގެދޮރުވެރިކަމާ ގުޅޭ އެއްވެސް ސްކީމެއްގެ ލިޔެކިއުމަކަށް އަސަރުނުކުރާނެކަމުގެ ޔަޤީންކަން ގެދޮރުވެރިކަމާއި ބިމާއި، އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ދެއްވާފިއެވެ.
މި ހާދިސާއާ ގުޅިގެން އެ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، އެ ވުޒާރާ ހިންގާ އިމާރާތުގައި ރޯވި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި މި ހާދިސާއާ ގުޅިގެން އެ ވުޒާރާގެ އެޒާރާގެ އެއްވެސް މުވައްޒަފަކަށް އަނިޔާއެއް ވެފައިނުވާ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން އިތުރަށް ބުނެފައިވާ ގޮތުގައި، އެ ވުޒާރާގެ ދަށުން ބަލަހައްޓާ ގެދޮރުވެރިކަމުގެ އެއްވެސް ސްކީމެއްގެ ލިޔުންތަކަށް އަސަރެއް ނުކުރާނެއެވެ. އެއީ އެ ލިޔުންތަކަކީ އެ ވުޒާރާގެ ކްލައުޑް ހޯސްޓިންގ ސާވަރތަކުގައި ޑިޖިޓަލްކޮށް ބަލަހައްޓާ މަޢުލޫމާތުތަކެއް ކަމަށް ވާތީއެވެ.
މި ހާދިސާ ހިނގި އިމާރާތަކީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ އިތުރުން، އިމާރާތްކުރުމާއި ބިނާވެށްޓާ ބެހޭ ވުޒާރާ އަދި މާލެ ސިޓީ ކައުންސިލުގެ ރައްވެހިކަމުގެ މަސައްކަތްތައްވެސް ހިންގަމުންދިޔަ އިމާރާތެކެވެ. އަދި މި އަލިފާނުގެ އަސަރު އިންވެގެން ހުރި ތިމާވެށްޓާ ބެހޭ ވުޒާރާއަށްވެސް ކޮށްފައިވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން އިތުރަށް ބުނެފައިވާ ގޮތުގައި، މި ހާދިސާއާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަމަށް ކުރެވެން ހުރި މަސައްކަތްތައް ގުޅުންހުރި އިދާރާތަކާ ގުޅިގެން ދަނީ ކުރަމުންނެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް