މަނަދޫގައި ވައިން ހަކަތަ އުފައްދާ ނިޒާމުގެ ޕައިލެޓް ޕްރޮޖެކްޓެއް ފައްޓަނީ

ނ. މަނަދޫ

ނ. މަނަދޫގައި ވައިން ހަކަތަ އުފައްދާ ނިޒާމުގެ ޕައިލެޓް ޕްރޮޖެކްޓެއް ފައްޓަން ސަރުކާރުން ނިންމައިފިއެވެ.

މި މަޝްރޫޢު ހިންގާނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ އެހީގައި ހިންގަމުން އަންނަ އެޝުއާ ޕްރޮޖެކްޓުގެ ދަށުންނެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ ހޯމަ ދުވަހު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މި މަޝްރޫޢުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުޅުވާލައިފައިވާ ކަމަށެވެ. މި ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީ ކުރުމަށް 1500 ރުފިޔާ ނުވަތަ 100 ޑޮލަރުގެ ނޮން-ރިފަންޑަބަލް ފީއެއް ދައްކަންޖެހޭނެއެވެ.

ބީލަން ހުޅުވުން އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރުގެ ޖަލްސާކުރާ މާލަމުގައެވެ. މި ޕްރޮޖެކްޓަކީ އާންމުކޮށް ހުޅުވާލެވިފައިވާ ބީލަމުގެ އުސޫލުގެ މަތިން، އަދި އޭޑީބީގެ "ސިންގަލް ސްޓޭޖް ޓޫ އެންވެލޮޕް" އުސޫލުން ބީލަންކުރުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ.

މީގެ ކުރިން ވެސް ރާއްޖޭގައި ވައިން ހަކަތަ އުފެއްދުމުގެ މަސައްކަތް ކޮށްފައިވެއެވެ. 2007 ވަނަ އަހަރު ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ޑީއެލްއާރުއީ އިން ވަނީ ރާއްޖޭގެ ތިން ރަށެއްގައި ވައިން ހަކަތަ އުފައްދާ ނިޒާމެއް ގާއިމްކުރުމުގެ ޕައިލެޓް ޕްރޮޖެކްޓެއް ހިންގައިފައެވެ. ނަމަވެސް، މި މަޝްރޫޢުތައް ވަނީ ވަކި ހިސާބަކުން ހުއްޓިފައެވެ.

މިހާރުގެ ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރުގެ ކުރިން ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމެވެ. މި އަމާޒާ އެއްގޮތަށް، މަނަދޫގައި ފަށަން ނިންމާފައިވާ ވައިން ހަކަތަ އުފައްދާ ނިޒާމުގެ ޕައިލެޓް ޕްރޮޖެކްޓަކީ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

13 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy