ބަދަލުދިން މައްސަލާގައި ކުރީ ރައީސް ސޯލިހު އާއި ފައްޔާޒުގެ މައްސަލަ ތަހުގީގުކުރަން އަންގައިފި

ކުރީގެ ރައީސް ޞާލިހާއި ކުރީގެ މިނިސްޓާރ ފައްޔާޒު

ކުރީ ސަރުކާރުން ގެއްލުމުގެ ބަދަލުގައި ބައެއް ފަރާތްތަކަށް ބަދަލުދިން ގޮތުން، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހާއި، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ މައްސަލަ ބަލައި ތަހުގީގެއް ހިންގައި، ދައުވާ ކުރަން ޖެހިއްޖެ ހާލަތެއްގައި ދައުވާކުރުމަށް، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފިއެވެ.

މި ހުށަހެޅުން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް އެވެ. އަދި  އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފެވެ. ކޮމެޓީން މި ހުށަހެޅުން ފާސްކުރީ ހަ މެންބަރުންގެ ވޯޓުންނެވެ.

ކޮމިޓީން މިގޮތަށް ނިންމީ، ދައުލަތުގެ އިސް މަޤާމެއްގައި ތިބެ، ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވެ، އޭގެ ޙައްޤުވެރިން ފިޔަވައި އެހެން ފަރާތްތަކަށް އޭގެ ނަފާ ހޯދައިދިން ކަމަށް ތުހުމަތުކުރެވޭތީ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން، 2019 އިން 2023 އަށް ސޮއިކޮށްފައިވާ އެއްބަސްވުންތަކަކީ ބާޠިލު އެއްބަސްވުންތަކެއް ކަމަށް ކަނޑައަޅައި، އެ އެއްބަސްވުންތަކުގެ ދަށުން ދީފައިވާ ބަދަލުތައް އަނބުރާ ދައުލަތަށް ނެގުމަށް ބަންޑާރަ ނައިބަށް އެންގުމަށްވެސް މިއަދުގެ ކޮމިޓީ ބައްދަލުވުމުން ނިންމިއެވެ.

ނަމަވެސް، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ވަނީ މި ނިންމުމާ ދެކޮޅަށް ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ މިއީ ސިޔާސީ ބޭނުމަށް ނިންމާ ނިންމުމެއް ކަމަށެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

38 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy