މަސްވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް 5 ބިލިއަން ރުފިޔާ އިންވެސްޓްކުރަން ނިންމައިފި

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް

މަސްވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް 5 ބިލިއަން ރުފިޔާ އިންވެސްޓްކުރަން ނިންމާ، މަސްވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް ސަރުކާރުން ރާވާފައިވާ މަޝްރޫޢުތަކަށް ބޭނުންވާ މި ހުރިހާ ފައިސާއެއް ހަމަޖެހިފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ސިނާޢަތުގައި ސަރުކާރުން އެންމެ ބޮޑަށް އިސްކަންދެނީ މަސްވެރިން ކިރުވާ މަހަށް އަވަހަށް ފައިސާ ފޯރުކޮށްދިނުމާއި، ފަސޭހައިން އައިސް ލިބޭނެ މަގު ތަނަވަސްކުރުމަށް ކަމަށެވެ. އަދި މަހުގެ އެކި ބާވަތްތައް އެކްސްޕޯޓުކުރާނެ އިތުރު މާކެޓްތައް ހޯދުމަކީވެސް ސަރުކާރުން އިސްކަންދޭ މަސައްކަތެއްކަމަށް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސްޓޯރޭޖް ކެޕޭސިޓީއާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، މިހާރު އެއްގަމުގައި ހުރި 4200 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީއަކީ އެންމެ އެކަށީގެންވާ މިންވަރެއް ނޫންކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ދޮޅު އަހަރާއި ދެ އަހަރާ ދޭތެރޭގައި އައު މަޝްރޫޢުތައް ނިމުމުން، ކަނޑުމަތީގެ ބޯޓުތަކާއި އެއްގަމުގެ ސްޓޯރޭޖް އެއްކޮށްލައިގެން 25000 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީއެއް ޤާއިމްކުރެވޭނެކަމަށް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް ބޭނުންވާ ފައިސާ ހޯދުމުގައި ޕްރައިވެޓް ޕާޓީތަކާއި، ބޭންކުތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދިދާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި މަޝްރޫޢުތަކަށް ބޭނުންވާ ހުރިހާ ފައިސާއެއް ރައީސުލްޖުމްހޫރިއްޔާ ވަނީ ހޯއްދަވާފައިކަމަށް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް ސަރުކާރުން އިތުރު މަސައްކަތްތަކެއްވެސް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ގިނައިން މަސް ބާނާ ދުވަސްވަރު ދަތިކަމެއް ނެތި މަސްވެރިންނަށް އައިސް ލިބޭނެ މަގު ފަހިކުރުމަށް، ދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމް (އާރުއެސްޑަބްލިއު ސިސްޓަމް) ހަރުކުރުމަށް ލުއި ލޯނު ދޫކުރުން ހިމެނެއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

6 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy