އިސްރާއިލުން ސޫރިޔާއަށް ދިން ހަމަލާތަކުގެ ތެރެއިން
އިސްރާއީލުން ސޫރިޔާއަށް ދިން ވައިގެ ހަމަލާތަކުގައި 250 އަށްވުރެ ގިނަ ތަންތަން ހަލާކުކޮށްލައިފިކަމަށް އިސްރާއީލު ސިފައިންގެ ރޭޑިއޯއިން ބުނެފިއެވެ.
މި ހަމަލާތައް ދީފައިވަނީ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ނިމުމަކަށް އައި ދަނޑިވަޅު ބަލާފައެވެ.
އިސްރާއީލު ސިފައިންގެ ރޭޑިއޯއިން ބުނާގޮތުގައި ފާއިތުވި ތިން ދުވަހުގެ ތެރޭގައި ސޫރިޔާގެ 250 އަށްވުރެ ގިނަ ތަންތަނަށް 300 އަށްވުރެ ގިނަ ހަމަލާ ދީފައިވެއެވެ. މި ހަމަލާތައް ދީފައިވަނީ މިސައިލްތަކާއި ފައިޓަރ ޖެޓްތަކުން ކަމަށް ބުނެފައިވެއެވެ.
އިސްރާއީލުން ހަމަލާދިން ތަންތަނުގެ ތެރޭގައި ފައިޓަރ ޖެޓްތަކާއި، ހަނގުރާމަ މަތީ މަނަވަރުތަކާއި، ވައިގެ ބޭސްތަކުގެ އިތުރުން ސައިންޓިފިކް ރިސާޗް ސެންޓަރުތަކާއި، ހަތިޔާރު އުފައްދާ އަސްކަރީ ކާރުޚާނާތަކާއި، އަސްކަރީ ޓެކްނޮލޮޖީގެ ދިރާސާ މަރުކަޒުތައް ހިމެނެއެވެ.
އިސްރާއީލު ސިފައިންގެ ކޮމާންޑަރ އިން ޗީފްއާ ހަވާލާދީ އިސްރާއީލު ސިފައިންގެ ރޭޑިއޯއިން ބުނެފައިވަނީ މިއީ އިސްރާއީލުގެ މުޅި ތާރީޚުގައިވެސް ހިންގި އެންމެ ކާމިޔާބު އަދި އެންމެ ބޮޑު ވައިގެ އޮޕަރޭޝަން ކަމަށެވެ.
ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް ހިންދެމިލުމުގެ ވަގުތު ނުލިބެނީސް މި ހަމަލާތައް ދެވުމުން ސޫރިޔާގެ ފަރާތުން އިސްރާއީލަށް އެއްވެސް ރައްދު ހަމަލާއެއް އައިސްފައި ނުވާކަމަށް އިސްރާއީލު ސިފައިންގެ ރޭޑިއޯއިން ބުނެފައިވެއެވެ. އަދި މިއީ ދަނޑިވަޅު ބަލާފައި ތަންފީޒު ކުރެވުނު ވަރަށް ސްޓްރެޓީޖިކް މޮޅު ރޭވުމެއް ކަމަށްވެސް ބުނެފައިވެއެވެ.
މި ހަމަލާތަކުން ސޫރިޔާގެ އަސްކަރިއްޔާއަށް ސަތޭކަ ވަރަކަށް ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށް އިސްރާއީލު ސިފައިންގެ ރޭޑިއޯއިން ބުނެފައިވެއެވެ. އަދި މިއީ ވަރަށް ކާމިޔާބު އަދި ފަޚުރުވެރި މަސައްކަތްތަކެއް ކަމަށްވެސް ބުނެފައިވެއެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް