މޯލްޑިވިއަން އެއާލައިން ޗައިނާގެ ހަތަރު ސިޓީއަކަށް ދަތުރުތައް ފަށަނީ

މޯލްޑިވިއަން އަކީ ދިވެހިރާއްޖޭގެ ރަމުޒެއް

ގައުމީ އެއާލައިން، މޯލްޑިވިއަން އިން އަންނަ ޖެނުއަރީ މަހު ވައިޑް ބޮޑީ އެއާކްރާފްޓް ބޭނުންކޮށްގެން ޗައިނާގެ ހަތަރު ސިޓީއަކަށް ދަތުރުތައް ފަށާނެ ކަމަށް ޓްރާންސްޕޯޓް އަދި ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މި ދަތުރުތައް ފެށުމަށް ބޭއްވުނު ހަފްލާގައި މިނިސްޓަރު އަމީން ވިދާޅުވީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ބެއިޖިން، ޝަންހާއީ، ޗެންގްޑޫ، އަދި ޝިއާން އަށް ދަތުރުތައް ފަށާނެ ކަމަށެވެ. މި ދަތުރުތަކުގެ ސަބަބުން ފަތުރުވެރިކަމާއި ދަތުރުފަތުރު ކުރުން އިތުރަށް ފުޅާވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވައިޑް ބޮޑީ އެއާކްރާފްޓްތަކުން އެއްފަހަރާ 264 ފަސިންޖަރުންނަށް ދަތުރުކުރެވޭނެއެވެ. އަދި މި ބޯޓުތަކުން ދުރު މަންޒިލްތަކަށް ސީދާ ދަތުރުކުރުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ.

ޗައިނާގެ އިތުރުން، ޔޫރަޕުގެ މަންޒިލްތަކަށް ވެސް މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓުގެ ދަތުރުތައް ފަށާނެ ކަމަށް ރައީސް މުއިއްޒު ވަނީ މީގެކުރިން ވިދާޅުވެފައެވެ.

މި ވަގުތު މޯލްޑިވިއަންގެ ފްލީޓުގައި 13 ބޯޓު އޮތްއިރު، އޭގެ ތެރޭގައި އެއާބަސް އޭ320 މަރުކާގެ އެއް ބޯޓާއި އޭޓީއާރްގެ ހަތަރު ބޯޓު ވެސް ހިމެނެއެވެ. ބޭރު ދަތުރުތައް ކުރުމުގައި ގެންގުޅެނީ އެއާބަސް އޭ320 މަރުކާގެ ބޯޓު އެކަންޏެވެ. މޯލްޑިވިއަން އިން މި ވަގުތު ދަތުރުކުރަނީ ރާއްޖޭގެ 16 މަންޒިލަކާއި އިންޑިއާގެ ތިން ސަރަހައްދަކާއި ލަންކާ އަދި ބަންގްލަދޭޝަށެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy