އަމީނަށް ހެދިގޮތް ރައީސަށް ހަދަން ޖެހިދާނެ ކަމަށް ބުނި މައްސަލަ ވަގުތުން ބަލަން ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ -- އަވަސް ފޮޓޯ

ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުޙައްމަދު އަމީނަށް ހެދި ގޮތް ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ހަދާފާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވި މައްސަލަ، ވަރަށް ސީރިއަސް ކަމާއެކު ވަގުތުން ބަލާން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާއެއްގައި އެ ޕާޓީގެ އެކްޓިވިސްޓަކު ވަނީ ރައްޔިތުން ނިކުމެ ރައީސް އަމީން ހަވަރަށްދީ، އަނިޔާކޮށް، އަވަހާރަކޮށްލި ހާދިސާ ސިފަކޮށް، އެގޮތް ރައީސް މުއިއްޒަށް ވެސް ހަދަންވީ ކަމަށް ދޭހަވާ ފަދަ އިބާރާތަކުން ވާހަކަ ދައްކާފަ އެވެ.

އެކްޓިވިސްޓް، އެހެން ބުނެފައިވަނިކޮށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް، ނޫސްވެރިންނާ އިއްޔެ ބައްދަލުކުރައްވާ ވަނީ އެ ވާހަކަތައް ދިފާއު ކުރައްވާފަ އެވެ.

ފައްޔާޒު ވިދާޅުވީ އެމީހާ އެ ދެއްކީ ރައީސް މުއިއްޒަށް ނަސޭހަތެއް ދިނުމުގެ ގޮތުން ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ. އަދި ރައްޔިތުންނަށް ދެރަ ދިނީމަ މުޙައްމަދު އަމީނަށް ހެދި ގޮތް ހަދަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

"ރައްޔިތުންނަށް ދެރަ ދިނީމާ ހަމަ މުހައްމަދު އަމީންއަށް ހެދި ގޮތް ހަދަން ޖެހޭނީ، އެހެން ކޮން ގޮތެއްތޯ ހަދާނީ؟ އެއީ ދިވެހިރާއްޖޭގެ ތާރީހު ދައްކާފައި އޮތް ހަގީގަތް،" ފައްޔާޒު ވިދާޅުވެފައިވެ އެވެ.

ފައްޔާޒުގެ އެ ވާހަކަ ކޮޅުގެ ވީޑިއޯއެއް ޕޯސްޓް ކުރައްވައި، އަބްދުއްރަހީމް ވިދާޅުވީ އެއީ ކަނޑައެޅިގެން ޓެރަރިޒަމަށް ހިތްވަރުދިނުން ކަމަށާއި އެފަދަ ވާހަކަ އެއް ދެއްކުމަކީ އާދައިގެ ކަމެއް ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ.

"މިއީ ކަނޑައެޅިގެން ޓެރަރިޒަމަށް ހިތްވަރުދިނުން. މިއީ ކަމާގުޅޭ މުއައްސަސާތަކުން ވަރަށް ސީރިއަސްކަމާއެކު ވަގުތުން ބަލަންޖެހޭ ކަމެއް. އަމުދުން އިދިކޮޅު ސިޔާސީ ޕާޓީގެ އެންމެ އިސް މަގާމުގައި ހުންނެވި ބޭފުޅަކު މިފަދަ ވާހަކައެއް ދެއްކުމަކީ އާދައިގެ ކަމެއް ކަމަށް ބަލައިގެންނުވާނެ، އަދުރޭގެ ޓްވީޓްގައިވެ އެވެ.

މުޙައްމަދު އަމީން ދީދީ އަށް ހެދި ގޮތް ރައީސް މުއިއްޒަށް ހަދަން ޖެހިދާނެ ކަމަށް ފައްޔާޒް ވިދާޅުވި މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ކުއްލި މައްސަލައެއްވެސް ހުށަހަޅައިފަ އެވެ.

ކުއްލި މައްސަލަ ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

4 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

59 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy